އިސް ގާޒީ އަބްދުﷲ މުހައްމަދު ވަގުތުން މިނިވަން ކުރަން ސުޕްރީމް ކޯޓްގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން ގޮވާލައްވައިފި.

ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު - ފޮޓޯ : ސަން އޮންލައިންކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ވަގުތުން މިނިވަން ކުރަން ސުޕްރީމް ކޯޓްގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން ގޮވާލައްވައިފިއެވެ.ފާއިޒް ސޮއި ކުރައްވާ ނެރުއްވި ބާޔާނުގައި ބުނެފައިވަނީ  އަބްދުﷲ ގާޒީ ހައްޔަރުކުރުމުގައި ދިވެހި އަސްކައރިއްޔާއިން އަމަލުކުރައްވާފައިވާ ގޮތާމެދު “ނިހާޔަތަށް ކަންބޮޑުވެ ވަޑައިގަންނަވާ” ކަމަށެވެ. އަދި ވިދާޅުވަނީ ފަޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ކޮށްފިކަމަށް ތުހުމަތު ކުރެވިގެން ނުވަތަ އެ ނޫންވެސް ހާލަތެއްގައި ޖިނާއީ ކުށެއްގެ ތުހުމަތުގައި ފަޑިޔާރަކު ހައްޔަރުކުރެވޭނީ އެ ފަޑިޔާރަކު މަސައްކަތްކުރައްވާ ކޯޓަށްވުރެ މަތީ ކޯޓުގެ އަމުރަށް ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ.އަދިވެސް ވިދާޅުވެފައިވަނީ “މި އުސޫލުތަށް މުގުރާލެވޭ ވަގުތަކީ ގައުމެއްގެ ހަޔާތުގައި އަންނާނެ އެންމެ އަނދިރި ، އެންމެ ބަނަ ދަޑިވަ”ޅެވެ. އަދި އެއްވެސް ފަރާތަކުން ފަނޑިޔާރުންނަށް ލިބިދީފައިވާ ރައްކާތެރިކަން ގެއްލި ފަނޑިޔާރުންގެ ހުރުމަތް ކެޑިގެންދާފަދަ ގޮތްގޮތަށް އަދި ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނާއި ގަވާއިދާއި ހިލާފަށް ގާނޫނުއަސާސީގެ ބާރު ކަޑުވާލެވޭ ފަދަ ގޮތްގޮތަށް ކުރައްވާ ކަންކަމަކީ ގަބޫލުކުރެވޭނެ ކަންކަމެއް ނޫން ކަމައްވެސް އުއްތަމަ ފަޑިޔާރު ފާއިޒް ވިދާޅުވި އެވެ.ޖިނާއީ ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހަންމަދު ފުލުހުންގެ އޮފީހަށް ހާޒިރުވާން ފޮނުވި ޗިޓަށް އަމަލު ނުކުރުމަށް ހައި ކޯޓުން އަމުރު ނެރެފަވާއިރު އިސް ގާޒީ ވަނީ ހައްޔަރުކޮށްފައެވެ. އަބްދުﷲ ގާޒީ އަށް މާދަމާ ކޯޓަށް ވަޑައިގަތަ ނުދެއްވާނެ ކަމަށް އެމްޑީޕީގެ ނައިބު ރައީސް އަލްހާން ފަހުމީ ވަނީ އެމްޑީޕީގެ ޖަލްސާ ގައި ވިދާޅުވެފައެވެ.އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ،އަބްދުﷲ ގާޒީގެ މައްސަލާގައި އެއްވެސް ކޮމެންޓެއް ދެއްވަން ބޭނުން ނުވާ ކަމަށް ވިދާޅުވެފައިވާއިރު އަބްދުﷲ ގާޒީ ހައްޔަރުކުރުމަކީ މުޅި ނިޒާމް ފުނޑުފުނޑުކޮށްލުން ކަމަށް ޑީއާރްޕީގެ ލީޑަރު ތަސްމީން ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން އިސް ގާޒީ ހައްޔަރުކޮށްފައިވަނީ ގާނޫނާ ޚިލާފަށް ކަމަށް ޕްރޮސެކިއުޓަރ ޖެނަރަލް އަހުމަދު މުއިއްޒު ވެސް ވަނީ ވިދާޅުވެފައެވެ. އަދި އަބްދުﷲ ގާޒީ ދޫކޮށްލަން އެދި ޑިފެންސް މިނިސްޓަރަށް އަންގާފައިވާނެ ކަމަށްވެސް ޕްރޮސެކިއުޓާ ޖެނެރަލް ވިދާޅުވިއެވެ.މިކަމާ ގުޅޭ ގޮތުން ޕްރެސް ސެކްރެޓަރީ ވިދާޅުވީ އަބްދުﷲ ގާޒީ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިއުމަކީ ފުލުހުން ފޮނުވި ޗިޓާ ގުޅުމެއް ހުރި ކަމެއް ނޫން ކަމަށާއި އެހެންކަމުން ސަރުކާރުން ހައި ކޯޓުގެ އަމުރަކާ ޚިލާފްވެފައިނުވާ ކަމަށެވެ. ޕްރެސް ސެކްރެޓަރީ ވިދާޅުވީ ފަނޑިޔާރުންނާ މެދު ފާރަވެރިވާ މުއައްސަސާ (ޖޭއެސްސީ) އިން އަބްދުﷲ ގާޒީއާ މެދު ފިޔަވަޅުއަޅާފައިވާ އިރު އެކަން ތަންފީޒުނުވެ އަބްދުﷲ ގާޒީ މަސައްކަތް ކުރިއަށްގެންދަވާތީ އެއީ ގާނޫނު އަސާސީގެ ރޫހާ ޚިލާފް ކަމެއް ކަމަށް ވާތީ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ