ބިން ހެލުންތައް ކުރިއާލާ ދެނެގަނެވޭނެ ސައިޓިފިކް އެއްވެސް ގޮތެއް ނެތް ކަމަށް ރާއްޖޭގެ މެޓް އޮފީހުން ބުނެފި އެވެ.
ބިން ހެލުންތައް ކުރިއާލައި ދެނެގަނެވިދާނެ ކަމަށް ސޯޝަލް މީޑިއާގައި ފަތުރަމުންދިޔަ ވާހަކަތަކަށް ރައްދު ދެމުން މެޓް އޮފީހުން ނެރުނު ކުރު ބަޔާނެއްގައި ބުނީ އެކަން ކުރެވޭނެ އެއްވެސް ސައިންޓިފިކް ގޮތެއް އަދި މިހާތަނަށް ސައިންސްވެރިންނަށް ހޯދިފައި ނުވާ ކަމަށެވެ.
ނަމަވެސް ދިގު މުއްދަތަކަށް ބަލާއިރު ބިން ހެލުންތައް އައުން އެންމެ ގާތް ސަރަހައްދުތަކެއް ކަނޑައެޅިދާނެ ކަމަށް އެ އޮފީހުން ބުންޏެވެ.
ބިން ހެލުމާ ގުޅޭ މައުލޫމާތުތައް ކައިރިން ބަލަމުން ކަމަށާއި ރާއްޖެ އަށް އަސަރެއް ކޮށްފާނެ ފަދަ ބިން ހެލުމެއް އަތުވެއްޖެ ނަމަ އެ މައުލޫމާތު ލަސްނުކޮށް ހިއްސާ ކުރާނެ ކަމަށް މެޓް އޮފީހުން ބުންޏެވެ.
ބިން ހެލުމެއް އައިސްދަނެ ކަން ކުރިއާލާ ދެނެނުގަނެވޭނެ: މެޓް އޮފީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ