އިސްދޫ ގެއަކުން ވަގަށް ނެގި ބައި ލައްކަ ރުފިޔާ ހޯދާ އެކަކު ހައްޔަރުކޮށްފި

ލ. އިސްދޫ ގެއަކުން ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާތަކެއް ހޯދާ މިމައްސަލައިގައި ތުހުމަތުކުރެވޭ އެކަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ލ. އިސްދޫ ގެއަކުން 54000 ރުފިޔާ ވަގަށް ނަގާފައިވާ ކަމަށް ބުނެ ޑިސެންބަރު މަހުގެ 27 ވަނަ ދުވަހު ފުލުހުންނަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި މި މައްސަލައާއި ގުޅިގެން ލ. އިސްދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން މި މަހުގެ 28 ވަނަ ދުވަހުން ހިންގި އޮޕަރޭޝަނެއްގައި 26 އަހަރުގެ ބިދޭސީ ފިރިހެނަކު ހައްޔަރު ކޮށްފައި ވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ ވަގަށް ނަގާފައިވާ ފައިސާތައް ފެނިފައިވަނީ މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހާ ދިރިއުޅެމުންދާ ގެ ބަލައިފާސްކުރިއިރު އެގެއިންނެވެ. އަދި މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ލ.ކަލައިދޫ ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ ލ. އިސްދޫ ޕޮލިސް ސްޓޭޝަނުން މިމައްސަލަ އިތުރަށް ތަހްގީގުކުރަމުންދާ ކަމަށެވެ.
މިއަހަރުގެ ސެޕްޓެމްބަރު މަހު ވެސް އިސްދޫގައި ވަނީ މިފަދަ މައްސަލައެއް ފެންމަތިވެފައެވެ. އެފަހަރު އެރަށުގެ ގެއަކުން ވަގަށް ނެގީ 3 ލައްކައަށް ވުރެ ގިނަ ރުފިޔާއެވެ. އެފަހަރު ވެސް ފުލުހުން ވަނީ ވަގަށް ނެގި ފައިސާތައް ހޯދާފައެވެ. އަދި ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު ހައްޔަރުކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ