ކޮންޓްރޯލް ޕެނަލްގެ މަސައްކަތަކަށް ކުޅުދުއްފުށިން ކަރަންޓް ކަނޑަނީ

ކޮންޓްރޯލް ޕެނަލްގެ މަސައްކަތެއް ކުުރުމަށްޓަކައި މިއަދު ކުޅުދުއްފުށީގެ އެކި ހިސާބުތަކުން ދޭތެރެ ދޭތެރެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑޭނެ ކަމަށް ފެނަކައިން ބުނެފި އެވެ.
އެ ކޯޕަރޭޝަނުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ހެނދުނު 09:00 ފެށިގެން މަސައްކަތް ނިމެންދެން ދޭތެރެ ދޭތެރެއިން ކަރަންޓުގެ ހިދުމަތް ކެނޑޭނެ ކަމަށާއި މުޅި ރަށަށް ކަރަންޓް ދެވޭނެ ކަމަށް ލަފާކުރެވެނީ ހަވީރު 03:00 ގައި ކަމަށެވެ.
އެގޮތުން ކަރަންޓު ކެނޑޭ ކޮންމެފަހަރަކު ކަރަންޓު އައުމުގެ ކުރިން ބޭނުންކުރާ އިލެކްޓްރޯނިކް އަދި އިލެކްޓްރިކަލް ހުރިހާ ތަކެއްޗެއްގެ ސްވިޗް އޮފް ކޮށްލުމަށް ވަނީ އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ