ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ފާރިސް މައުމޫން މެދުވެރިކޮށް އެކިފަހަރު މަތިން ފައިސާތައް، ރައީސް މައުމޫން އަބްދުލް ޤައްޔޫމް އާއި ޙަވާލުކޮށްފައިވާނެ ކަމަށް އަލްއުސްތާޛާ ދިޔާނާ ސަޢީދު ވިދާޅުވެއްޖެއެވެ.
ދިޔާނާ މިހެން ވިދާޅުވީ، ރައީސް މައުމޫނަށް ތައުރީފް ކުރައްވައި ޑރ.ޝަހީމް ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވަމުންނެވެ.
ދިޔާނާ ވަނީ ރައީސް މައުމޫން، އެކަމަނާގެ ފިރިކަލުން ޖާބިރުގެ އަތުން ފައިސާ ނެންގެވި ކަމަށް ތުހުމަތު ކުރައްވާފައެވެ.
ދިޔާނާ ވިދާޅުވީ 2017 ވަނަ އަހަރުގެ ކުރީކޮޅު މެލޭޝިއާގެ ކުއަލާލަންޕޫރުގެ އިންޓަމާކް ބިލްޑިންގ ގައި ރައީސް މައުމޫން އާއި ޖާބިރު ބައްދަލު ކުރައްވާ ދެ ބޭފުޅުން އެއްބްސްވެ ވަޑައިގަތް ގޮތުގެ މަތިން ޖާބިރުގެ ފަރާތުން ކަންކަންކުރުމަށް އެކަމަނާ އައްޔަންކުރުމުން އެ ފައިސާ އަމާނާތްތެރި ކަމާއިއެކު ފާރިސް މެދުވެރިކޮށް ރައީސް މައުމޫން އަށް އެކިފަހަރު މަތިން ޙަވާލުކޮށްފައިވާނެ ކަމަށެވެ.
ޑރ.ޝަހީމްގެ ޓްވީޓަށް ރައްދު ދެއްވަމުން ދިޔާނާ ވިދާޅުވީ، ރައީސް މައުމޫން ކިތަންމެ ބޮޑު ފާހެއް ނަންގަވައިގެން ހުންނެވިއަސް އެއީ ޝަރީޢަތުގެ ކުރިމަތީގައި ފާޅުކަންބޮޑު ގޮތެއްގައި އިތުރުފުޅު ހައްދަވާނެ ބޭފުޅެއް ކަމަށެވެ.
"ރައީސް މައުމޫން ކިތަންމެ މަތީ ފާހެއް ނަންގަވައިގެން ހުންނެވިއަސް އެއީ ޝަރީޢަތުގެ ކުރިމަތީގައި ފާޅުކަން ބޮޑު ގޮތެއްގައި އިތުރުފުޅު ހައްދަވާ ބޭފުޅެއް.ދިރިތިބި ބައިވަރު ހެކިން ތިއްބާ މައުމޫން އިތުރުފުޅު ހައްދަވަނީ ހާދަހާ ދެރަވަރުވީމައޭ ހިތަށް އަރާ" ޓްވިޓަށް ރައްދު ދެއްވަމުން ދިޔާނާ ވިދާޅުވިއެވެ.
ދިޔާނާ އިތުރަށް ވަނީ އަމާނާތްތެރިކަމުގެ އަގަކީ މަނިކުފާނުގެ ސިޔާސީ މެޝިނަރީ ބޭނުންކުރައްވައިގެން ހަޤީޤަތް އެއްފުށުން އަނެއް ފުށަށް ޖައްސަވާ ތެދު ބުނާ މީހާ އަކީ ދޮގު ބުނާ މީހާގެ ގޮތުގައި ތަމްސީލުކޮށް އެ މީހާއަށް ފުރައްސާރަ ކުރިމަތި ކުރުންތޯ ސުވާލުކޮށްފައެވެ.
ފާރިސް މެދުވެރިކޮށް އެކިފަހަރުމަތިން ފައިސާ ރައީސް މައުމޫން އާއި ހަވާލްކުރިން:ދިޔާނާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ