ކަރަންޓުގެ ޚިދުމަތް ރަނގަޅުކުރަން 15 މިލިއަން ރުފިޔާގެ ކޭބަލް ރަށްރަށަށް ފޮނުވައިފި

ކަރަންޓުގެ މައްސަލަ ހައްލުކުރަން ފެނަކަ ކޯޕަރޭޝަނުން ގެނައި 15 މިލިއަން ރުފިޔާގެ ކޭބަލް އެކި ރަށްރަށަށް ފޮނުވައިފި އެވެ.
ސްރީ ލަންކާގެ ކެލާނީ ކޭބަލް ކުންފުންޏާ ހަވާލުކޮށް ރާއްޖެ ގެނައި މި ކޭބަލްތައް ރަށްރަށަށް ފޮނުވަން ފެށުމުގެ ގޮތުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލު މިއަދު ވިދާޅުވީ ބިޑްކޮށްގެން ސްރީ ލަންކާ އިން ކޭބަލްތައް ގެނައީ ޑިސްޓްރިބިއުޝަން ނެޓްވޯކް ރަނގަޅު ކުރަން ކަމަށެވެ.
"ފުރަތަމަ ކޭބަލްތައް މި ފޮނުވާލަނީ ހދ. ކުޅުދުއްފުއްޓާއި ގދ. ތިނަދޫ އަށް. މި ދެ ރަށުން އެހެން ރަށްތަކަށް ކޭބަލް ފޮނުވަން ފަށާނީ. ވަރަށް ގިނަ ރަށްރަށަށް މި ކޭބަލްތައް ފޯރުކޮށް ދެވޭނެ،" ނިމާލު ވިދާޅުވި އެވެ. ލަންކާގެ ކެލާނީ ކުންފުނިން ރާއްޖެ ގެނައި ކޭބަލްތައް ރަށްރަށް ފޮނުވަން ދޯންޏަށް ބަރުކޮށްފައި --ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާން
އޭނާ ވިދާޅުވީ ކޭބަލްތަކާ އެކު ޑިސްޓްރިބިއުޝަން ފޮށިތައް ވެސް ލިބިފައިވާ ކަމަށެވެ.
"ވަރަށް އަވަހަށް އެ ފޮށިތައް ވެސް ފޮނުވަން ފެށޭނެ،" ނިމާލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރަށްރަށުގެ ކަރަންޓް ޚިދުމަތުގެ ފެންވަރު ރަނގަޅުކުރަން 76 ޖަނަރޭޓު ގެނައުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ.
"އަޅުގަނޑުމެންގެ ޓެކްނިކަލް ޓީމަކުން ޗައިނާ އަށް ގޮސް ވަނީ ޖަނަރޭޓަރުތައް ބަލާފައި. މިހާރު ކުރަނީ ޖަނަރޭޓަރުތައް ބޯޓަށް ލޯޑުކުރުމުގެ މަސައްކަތް. އެހެންވެ ދެން ނަގާނީ ޗައިނާ އިން ރާއްޖެއަށް އަންނަން ނަގާ މުއްދަތެއް،" ނިމާލް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ