ގިނަ އަދަދެއްގެ ބަޔަކު ކުށުގެ ރެކޯޑް ސާފުކުރުމަށް ހުށަހަޅަމުންދާތީ އެ ޚިދުމަތް ދޭ ވަގުތު ސުޕްރީމް ކޯޓުން ވެސް އިތުރުކޮށްފި އެވެ.
ސުޕްރީމް ކޯޓުން ވެސް ބުނީ އެގޮތަށް ހަމަޖެއްސީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ކުށުގެ ރެކޯޑް ސާފުކުރުމަށް ހުށަހަޅަމުންދާތީ ކަމަށެވެ.
ރާއްޖޭގެ އެންމެ މަތީ ކޯޓުން ބުނި ގޮތުގައި ބުރާސްފަތިދުވަހު ހަވީރު 6:00 އާ ހަމައަށް އެ ޚިދުމަތް ދޭއިރު އަންނަ ހޮނިހިރު ދުވަހު ހެނދުނު 11:00 އިން ފެށިގެން ހަވީރު 5:00 އާ ހަމައަށް ވެސް ކުށުގެ ރެކޯޑް ސާފުކޮށްދޭނެ އެވެ.
އިންތިޚާބާ ގުޅިގެން ގިނަ ބަޔަކު ކުށުގެ ރެކޯޑް ސާފުކުރުމަށް ހުށަހަޅަމުން ދާތީ ކްރިމިނަލް ކޯޓުން ވެސް ވަނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 11:00 އިން ހަވީރު 4:00 އާ ހަމައަށް އެ ޚިދުމަތް ދޭން ނިންމައިފަ އެވެ. އަދި ހައި ކޯޓާއި ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ވެސް ވަނީ އެ ޚިދުމަތް ދޭ ވަގުތު އިތުރުކޮށްފަ އެވެ.
އިންތިޚާބާ ގުޅިގެން ކުށުގެ ރެކޯޑް ސާފުކޮށްދޭ ވަގުތު ސުޕްރީމް ކޯޓުން ވެސް އިތުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ