ވޭވަށު ބަނދަރު ހުޅުވައިފި, ރައްޔިތުން އުފުލަމުންދިޔަ ތަކުލީފު ނިމުމަކަށް

މ. ވޭވަށު ބަނދަރު ހުޅުވައިފި އެވެ.
ވޭވަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ބަނދަރު ހުޅުވައިދެއްވީ އިބްރާހިމް މުހައްމަދު ސޯލިހެވެ. މި ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ސަރުކާރުގެ ވެރިންގެ އިތުރުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި އެ ކުންފުނީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.
މި ރަސްމިއްޔާތުގައި ޕްލޭނިން އެންޑް އިންފްރާންސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ, ވޭވަށު ބަނދަރު ކައުންސިލާ ހަވާލުކޮށްދެއްވައިފަ އެވެ.
ވޭވަށަކީ މަސްދޯނިފަހަރު ގިނަ އަދަދަކަށް މަސް ވިއްކަން އަންނަ ރަށެކެވެ. އަދި އެރަށަކީ މަސްގަނެ, ކައްކާ, ހިއްކާ, ރާއްޖެއިން ބޭރަށް ވަކި ބްރޭންޑެއްގެ ގޮތުގައި ބޭރަކުމުންދާ ރަށެކެވެ.
ނަމަވެސް ކުރިން ވޭވަަށަށް އަންނަ ދޯނިފަހަރަށް ރަށަށް ވަދެވޭނެ ގޮތެއް ނެތި, އަޅާފައި އޮންނަނީ ރަށުން ބޭރުގައެވެ. ރަށަށް މަސް ގެންނަނީ ކުދި ދޯނި ފަހަރުގައި ގޮހެވެ.
ވޭވަށު ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް މި ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ އޮގަސްޓް 2019ގަ އެވެ. މިއީ 48.46 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
އެ މަޝްރޫއުގެ ދަށުން 15,875 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާޢި 294 މީޓަރުގެ އެއްގަމުތޮއްޓަކާއި 373 މީޓަރުގެ ބޭރު ތޮއްޓަކާއި 35 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖަހާފައިވާ އިރު, ރޭމްޕަކާއި 1470 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރު ޕޭވްމަންޓް ހަދައި މަގުބަތި ހަރުކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ