ބަންކަރިންގެ ހިދުމަތް: ގަވާއިދާ ހިލާފުވާނަމަ ޖޫރިމަނާ ކުރެވޭނެ

ބަންކަރިންގެ ހިދުމަތް ދިނުމުގައި މަނާ ކަންތައްތައް ކަނޑައަޅައި، އެ ކުށްތަކަށް ޖޫރިމަނާ ކުރެވޭ ގޮތަށް ހިމަނައި ކަސްޓަމްސްގެ އާއްމު ގަވާއިދު އިސްލާހުކޮށްފި އެވެ.
ބަންކަރިންގެ ހިދުމަތަކީ ޑިއުޓީ ނުދައްކާ ހުންނަ ތެޔޮ ކަނޑު އުޅަނދުތަކަށް
އެޅުމަށާއި ޑިއުޓީ ނުދައްކާ ހުންނަ ތެލާއި ޑިއުޓީ ދައްކާފަ ހުންނަ ތެޔޮ ރާއްޖެއިން
ބޭރަށް ދަތުރުކުރާ ކަނޑު އުޅަނދުފަހަރަށް އެޅުމުގެ ހިދުމަތެވެ. މި ހިދުމަތް ރާއްޖޭގެ ފުރަތަމަ ފަހަރަށް ދޭން ފަށާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އިހަވަންދިއްޕޮޅުގައި މި ހިދުމަތް ދެމުންދަނީ ހަކަތައިގެ ވިޔަފާރިކުރާ ދުނިޔޭގެ އެންމެ ބޮޑު އަމިއްލަ ކުންފުނި، ވިޓޯލް އާ ގުޅިގެން ސަރުކާރުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯ އިންނެވެ.
ރާއްޖޭގައި މުޅިން އަލަށް ބަންކަރިންގެ ހިދުމަތް ދޭން ފަށާފައިވަނީ
ކަސްޓަމްސްގެ އާއްމު ގަވާއިދަށް ބަންކަރިންގެ ހިދުމަތާ ގުޅޭ އިޖުރާއަތުތައް
އިތުރުކޮށް އިސްލާހު ގެނެސްގެން ނެވެ. އެ ގަވާއިދުގައި ބުނާގޮތުން، ބަންކަރިންގެ ހިދުމަތް ދެވޭނީ ސަރުކާރުގެ ކަމާ
ބެހޭ އިދާރާތަކުން އެ ހިދުމަތް ދިނުމުގެ ހުއްދަ ދީފައިވާ ފަރާތްތަކަށް އެކަންޏެވެ.
ބަންކަރިންގެ ހިދުމަތް ދިނުމަށް ކަނޑައަޅާ ނުވަތަ ބަންކަރިންގެ ހިދުމަތް ދޭ ސަރަހައްދުތަކާއި ތަންތަނަކީ ކަސްޓަމްސްގެ ބެލުމުގެ ދަށުން ހިންގާ ތަންތަނެވެ. އޭގެ ތެރޭގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ކަނޑައަޅާ ހާއްސަ އޮފް ޕޯޓް ލިމިޓާއި އޮފްޝޯ ސަރަހައްދާއި
ހާއްސަ ހާލަތެއް މެދުވެރިވެގެން އެ ތަންތަނުގެ ބޭރުން ބަންކަރިންގގެ ހިދުމަތްދޭ
ސަރަހައްދުތަކާއި، ޑިއުޓީ ނުދައްކާ ހުންނަ ތެޔޮ ރައްކާކޮށްފައި ހުންނަ ފްލޯޓިން ބޮންޑު
ނުވަތަ ފެސިލިޓީ ފަދަ
ތަންތަން ވެސް އޭގެ ތެރޭގައި ހިމެނެ އެވެ. އެ ގަވާއިދުގައި ބުނެފައިވާގޮތުން:
އެ ގަވާއިދުގައި ބުނެފައިވާގޮތުން ބަންކަރިންގެ ހިދުމަތް ހޯދާ އުޅަނދަކީ ތެޔޮ އަޅާދޭ ވަގުތުން ފެށިގެން 48
ގަޑިއިރު ތެރޭގައި ރާއްޖެއިން ބޭރަށް ނުފުރާ އުޅަނދެއް ނަމަ ޑިއުޓީ ނުދައްކާ
ހުންނަ ތެޔޮ އަޅާދެވޭނީ އެ ތެލަށް އިމްޕޯޓް ޑިއުޓީ ދެއްކުމުން ކަމަށެވެ. އިމްޕޯޓް ޑިއުޓީ
ދައްކަން ޖެހޭނީ، ގަވާއިދު ބުނާގޮތުން ބަންކަރިންގެ ހިދުމަތް ދޭ ފަރާތުން ނެވެ.
މި ގަވާއިދުގައި ބަންކަރިންގެ ހިދުމަތް ދިނުމުގައި މަނާކަންކަން ވެސް ކަނޑައަޅާފައިވެ އެވެ. އަދި އެކަންކަމަށް އަދަބު ވެސް ކަނޑައަޅާފައިވެ އެވެ. އެގޮތުން:
ރާއްޖޭގައި ފުރަތަމަ ފަހަރަށް ބަންކަރިންގެ ހިދުމަތް ހއ. ހޯރަފުށީގައި ފެށި މިދިޔަ ބުރާސްފަތި ދުވަހު އެވެ. ރާއްޖެއިން މި ހިދުމަތް ދެނީ އޮފް ޝޯކޮށެވެ. ގާތްގަނޑަކަށް 4000 ޓަނުގެ ތެޔޮ އުފުލޭ ދެ ބޯޓު ބޭނުންކޮށްގެން ބޭރުގެ ބޯޓު ފަހަރުތަކަށް ހިދުމަތް ދޭން މި ފެށީ މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ