މާދަމާ ފަށާ ފީފާ ކްލަބް ވޯލްޑް ކަޕްގައި މީޑިއާނެޓު ކަވަރޭޖް ޓައިޓަލް ސްޕޮންސަރަކަށް ރާއްޖޭގެ ފުރަތަމަ ސުޕަ އެޕް "އީޒެޕް" އާއެކު ސޮއިކޮށްފި އެވެ.
ފީފާ ކްލަބް ވޯލްޑްކަޕް މިރޭ ފަތިހު 5:00 ޖަހާއިރު ފަށާނީ ފުޓްބޯޅަ ލެޖެންޑް ލިއޮނެލް މެސީ ހިމެނޭ އެމެރިކާގެ އިންޓަ މިއާމީ އަދި މިސްރުގެ އަލް އަހްލީ ކުޅޭ ފޯރިގަދަ މެޗުންނެވެ.
އެ މެޗު މީޑިއާނެޓުގެ ޗެނަލް، އައިސް އެކްސްޓްރާއިން ވަގުތުން ބެލޭނެ އެވެ.
ރާއްޖޭގައި އޮންލައިންކޮށް ދެވޭ ގިނަ އަދަދެއްގެ ހިދުމަތްތަކެއް ހިމެނައިގެން ތަރައްގީކޮށްފައިވާ އީޒެޕްގައި މަޝްހޫރު ރެސްޓޯރަންތަކުން ކާބޯ އެއްޗެހި އޯޑަރުކުރުމާއި، ގްރޯސަރީ ޑެލިވެރީ، ޓެކްސީ ބުކް ކުރުމުގެ ހިދުމަތާއި ފޮޓޯގްރަފީ އަދި ކްލީނިންގް ސާވިސަސް ފަދަ ހިދުމަތްތައް ލިބެ އެވެ.
ފީފާ ކްލަބް ވޯލްޑްކަޕް ކުރިއަށްދާނީ ޖޫން 15، އިން ޖުލައި 14، ގެ ނިޔަލަށެވެ. ޖުމްލަ 32 ޓީމު ވާދަކުރާ އެ މުބާރާތުގައި ރެއާލް މެޑްރިޑް، މެންޗެސްޓާ ސިޓީ، ޗެލްސީ، ބަޔާން މިއުނިކް ފަދަ ފުޓުބޯޅައިގެ އެންމެ ވަރުގަދަ ޓީމުތައްވެސް ފެނިގެންދާނެ އެވެ.
މުބާރާތް ކުރިއަށް ދާއިރު މީޑިއާނެޓު އަދި އީޒެޕް ގުޅިގެން ކުރިއަށް ގެންދާ ޗެލެންޖުން ކޮންމެ މެޗް ވީކެއްގައި ސްކޯދިމާ ކުރާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ މީހަކަށް ކޮންމެ ހަފްތާއަކު ހާއްސަ ވައުޗާ ކޫޕަންތަކެއް އީޒެޕުން ދިނުމަށްވަނީ ހަމަޖެހިފަ އެވެ.
މީގެއިތުރުން މުޅި މުބާރާތުގައި އެންމެ ގިނަ ސްކޯ ދިމާކުރާ މީހަކަށް ގްރޭންޑް ޕްރައިޒްއެއް ގޮތުގައި ނިންޓެންޑޯ ސްވިޗް 2 އެއް ދިނުމަށްވަނީ ހަމަޖެހިފަ އެވެ.
މީޑިއާނެޓުގެ ފީފާ ކްލަބް ވޯލްޑް ކަޕް ކަވަރޭޖްގެ ޓައިޓަލް ސްޕޮންސާ އަކަށް "އީޒެޕް" މީޑިއާނެޓުގެ ފީފާ ކްލަބް ވޯލްޑް ކަޕް ކަވަރޭޖްގެ ޓައިޓަލް ސްޕޮންސާ އަކަށް "އީޒެޕް"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ