އީރާނުން ވަނީ އިޒްރޭލުގެ އެކި ހިސާބުތަކަށް ރޭ ދެ ބުރެއްގެ މަތިން ހަމަލާ ދީފަ އެވެ. މި ހަމަލާތަކުގައި އެ ގައުމުގެ މުހިންމު ތަންތަނަށް ވަނީ ގެއްލުން ދީފަ އެވެ. މި ހަމަލާތަކުގައި ހައިޕަސޮނިކް މިސައިލް ބޭނުންކޮށްފައިވެ އެވެ.
އީރާނުން އިޒްރޭލަށް ރޭ ދިން ވަރުގަދަ ހަމަލާތަކުގައި އިޒްރޭލުގެ ހައިފާ ޕޯޓާއި އެ ގައުމުގެ މުހިންމު ތަންތަނަށް ބޮޑެތި ގެއްލުންތަކެއް ދީފި އެވެ.
އިޒްރޭލުން އީރާނަށް ދެމުން ގެންދާ ހަމަލާތަށް ބަދަލު ހިފުމުގެ ގޮތުން ރޭ އީރާނުން ފޮނުވާލި ގިނަ އަދަދެއްގެ ޑްރޯން އާއި މިސައިލް ހަމަލާއިން އިޒްރޭލު ދިފާއު ކުރަން ޔޫރަޕާއި އެމެރިކާގެ 10 ދިފާއީ އައްޑަނައެއްގެ ބޭނުންކުރި އެވެ. ނަމަވެސް މީގެ އެއްވެސް އެއްޗަކަށ މައިތިރި ނުކުރެވި އިޒްރޭލުގެ މުހިންމު ގިނަ ތަންތަނަށް ވަނީ ހަމަލާ އަރާފަ އެވެ.
އީރާނުން މިރޭ ދެ ފަހަރެއްގެ މަތިން އިޒްރޭލަށް ހަމަލާ ދީފައިވެ އެވެ. މިގޮތުން މި ހަމަލާތަކުގައި އެ ގައުމުން އުފައްދާފައިވާ "ފަހަރަ 1" މަރުކާގެ ހައިޕަސޮނިކް މިސައިލްތައްވެސް ބޭނުންކޮށްފައިވެ އެވެ. މިގޮތުން މީގެ ފަސް މިސައިލެއް ބޭނުންކޮށްފައިވާއިރު މީގެ އެއްވެސް އެއްޗެއް ދިފާއީ ނިޒާމުތަކަށް ހުއްޓުވިފައެއް ނުވެ އެވެ. އެހެންވެ ޑައިރެކްޓް ހިޓްގެ ގޮތުގައި އޭގެ އަމާޒުތަކަށް ވަނީ ވާސިލްވެފަ އެވެ. ވީޑިއޯތަކުން ފެންނަ ގޮތުގައި އަޑަށްވުރެ 16 ގުނަ ބާރުގައި ދަތުރުކުރާ ހައިޕަސޮނިކް މިސައިލްތަކުގެ ގޮވުމާއެކު އުފެދުނު "ޝޮކް ވޭވް" ވެސް އެތައް ކިލޯ މީޓަރެއްގެ ދުރަށް ހުއްޓެވެ. މި ހަމަލާތައް އަންނަކަން އެނގުމާއެކު ސައިރެން އަޅައި އިޒްރޭލުގެ ރައްޔިތުން ބަންކަރުތަކަށް ވަންނަން އެނގި އެވެ. ނަމަވެސް މި ހަމަލާތަކުގައި އިޒްރޭލުން ފަސް މީހުން ވަނީ މަރުވެފަ އެވެ. އަދި އެތައް ބަޔަކު ޒަހަމްވެފައިވެ އެވެ. އިޒްރޭލުން ވަނީ ހަނގުރާމައިގެ ފޮޓޯ އާއި ވީޑިއޯ އާއްމު ނުކުރަން އަންގާފަ އެވެ. އެކަން ކުރާ މީހުން އެ ގައުމުން ދަނީ ހައްޔަރު ކުރަމުންނެވެ.
އީރާނުގެ އަސްކަރިއްޔާ އާއި ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި އިޒްރޭލުން އީރާނުގެ ގިނަ ހަމަލާތަކެއް ހަލާކުކޮށްލި ނަމަވެސް ވަރަށް ގިނަ ހަމަލާތަކެއް ވަނީ ސީދާ އޭގެ އަމާޒަށް ވާސިލްވެެފަ އެވެ. މިގޮތުން އިޒްރޭލުގެ މައި ވިޔަފާރި ބަނދަރު ކަމަށްވާ ހައިފާ ޕޯޓުގެ ތެޔޮ ރިފައިނަރީ އާއި އެ ބަނދަރުގެ އެކި ތަންތަނަށް ވަނީ ހަމަލާ އަރާފަ އެވެ. މީގެ އިތުރުން ހައިފާގައި ހުންނަ އިޒްރޭލުގެ ކަނޑުގެ ސިފައިންގެ މަރުކަޒަކަށްވެސް ވަނީ ހަމަލާ ދީދަ އެވެ. މީގެ ގިނަ ތަންތަނުގައި މިވަގުތުވެސް އަލިފާން ރޯވެ ދަނީ އަނދަމުންނެވެ. މީގެ އިތުރުން އިޒްރޭލުގެ ހަނގުރާމަ މަތީ ބޯޓުތަކަށް ތެޔޮ އަޅަން ބޭނުން ކުރާ ތަންތަނަށްވެސް ހަމަލާ ދީފައިވެ އެވެ.
އިޒްރޭލުން ވެސް ވަނީ ރޭ އީރާނުގެ ބައެއް ތަންތަނަށް ބޮން އަޅާފަ އެވެ. މިގޮތުން ދުނިޔޭގެ އެންމެ ބޮޑު ގޭސް ގުދަންނަ ހުންނަ އީރާންގެ ސައުތު ޕާސް އަށް އިޒްރޭލުގެ ޑްރޯން އިން ވަނީ ހަމަލާދީފަ އެވެ. މީގެ އިތުރުން ރޭ އީރާނުގެ ތެޔޮ ރައްކާ ކުރާ ވަސީލްތަކަށްވެސް ހަމަލާ ދީފައިވެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އީރާނުގެ ބަދަލު ހިފުން ހިތި | ހައިފާ ޕޯޓާއި އަސްކަރީ ތެޔޮ ވަސީލްތަކަށް ހަމަލާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ