ދުނިޔޭގެ ލޭ ހަދިޔާ ކުރުމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލާއި އިންޑިއާގެ ހައި ކޮމިޝަން ގުޅިގެން އިއްޔެ ލޭ ހަދިޔާކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފި އެވެ.
ތަފްސީލް - އިއްޔެ ހެނދުނު 8:30 އިން ފެށިގެން ކުރިއަށް ގެންދިޔަ ހަރަކާތުގައި ލޭ ހަދިޔާ ކުރެއްވި ބޭފުޅުންގެ ތެރޭގައި:
އިންޑިއާގެ ހައި ކޮމިޝަނަރު ޖީ ބާލަސުބްރަމާނިއަމް
އިންޑިއާގެ ހައި ކޮމިޝަންގެ ޑިޕްލޮމެޓުންނާއި މުވައްޒިފުން
ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް އާއި އެ މިނިސްޓްރީގެ އިސްވެރިން
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސީއީއޯ ޑރ. ސްރިވަޓްސަން ސްރިދާރް ޖީ އާއި ހޮސްޕިޓަލުގެ އިސްވެރިންނާއި މުވައްޒިފުން
ބުނީ ކީކޭ؟ - "ލޭ ހަދިޔާ ކުރުމަކީ ފުރާނަ ސަލާމަތްކުރުމަށް ކުރެވޭ މަތިވެރި ކަމެއް. މުޖުތަމައުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމުގެ މުހިންމުކަން މި ހަރަކާތުން ފާހަގަކޮށްދޭ،" ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސީއީއޯ ޑރ. ސްރިވަޓްސަން ސްރިދާރް ޖީ ވިދާޅުވި އެވެ.
އިންޑިއާގެ ހައި ކޮމިޝަނުން ބުނި ގޮތުގައި، ލޭ ހަދިޔާކުރުމަކީ ފުރާނަ ސަލާމަތްކުރުމަށް ކުރެވޭ ކަމަށް ވާއިރު، މިއީ މިއަހަރު އެ ހައި ކޮމިޝަނުން ލޭ ހަދިޔާކުރުމުގެ ހަރަކާތެއްގައި ބައިވެރިވި ދެވަނަ ފަހަރެވެ.
"މިކަމުން ދިވެހިންނަށް ބޭނުންޖެހޭ ވަގުތުތަކުގައި އެހީތެރިވުމަށް އަޅުގަނޑުމެން ކުރާ މަސައްކަތް ހާމަވެގެންދޭ،" ހައި ކޮމިޝަނުން ބުނެފައިވެ އެވެ.
ފާހަގަކޮށްލެވޭ - ދުނިޔޭގެ ލޭ ހަދިޔާ ކުރުމުގެ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް 14 ޖޫން އެވެ. މި ދުވަހަކީ ލޭ ހަދިޔާކުރުމުގެ މުހިއްމުކަމާ މެދު އާންމުން ހޭލުންތެރިކުރުވުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅާފައިވާ ދުވަހެކެވެ.
ޓްރީ ޓޮޕާއި އިންޑިއާ ހައި ކޮމިޝަނުން ލޭ ހަދިޔާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ