ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ ފެނުނު އުމުރުން 26 އަހަރުގެ ޖަޕާނުގެ ފަތުރުވެރިޔާގެ ހަށިގަނޑު ޖަޕާނަށް ފޮނުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ޖަޕާނު މީހާގެ ހަށިގަނޑު މިވަގުތު އޮތީ މޯޗަރީގައި ކަމަށާއި އޭނާގެ ހަށިގަނޑު ޖަޕާނަށް ފޮނުވާލުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެ ފަތުރުވެރިޔާ އަކީ މިދިޔަ ހުކުރު ދުވަހު ހެނދުނު މާފުށި ގެސްޓުހައުސްއަކުން ފަތުރުވެރިން ގޮވައިގެން އެ ރަށް ކައިރީ އޮންނަ ކަނޑޫމާތިލަ ކައިރިއަށް ދިޔަ އުޅަނދަކުން ޑައިވިނަށް ފޭބި 26 އަހަރުގެ ޖަޕާނު ފިރިހެނެކެވެ.
އެމްއެންޑީއެފް އިން ބުނެފައި ވަނީ އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން އޭނާ ފެނިފައި ވަނީ އެ ދުވަހު ހަވީރުގެ ވަގުތެއްގައި ކަމަށެވެ. އެ ދުވަހު ހަވީރު 5:17 ހާއިރު އޭނާ މޫދުން ނަގާފައިވާއިރު އޭނާ ފެނުނު އިރު ވެސް މަރުވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
ޖަޕާނު ފަތުރުވެރިޔާގެ ހަށިގަނޑު ގައުމަށް ފޮނުވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ