މުޅި ރާއްޖެއަށް ހުޅުވާލައިގެން ދިވެހިބަހުގެ އެކަޑަމީން ބާއްވާ އަދަބީ ތިން މުބާރާތެއް ފަށަން ތައްޔާރުވަނީ

މުޅި ރާއްޖެއަށް ހުޅުވައިލައިގެން ދިވެހި ބަހުގެ އެކެޑަމީން އަންނަ ހަފުތާގެ ހޮނިހިރު ދުވަހު ބާއްވާ އަދަބީ ތިން މުބާރާތެއް ފަށަން ތައްޔާރުވާން ފަށައިފިއެވެ. އެކެޑަމީން ބާއްވަނީ އަލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 40ވަނަ ގައުމީ މުބާރާތާއި އައްޝައިޚް މަލިމް މޫސާ މާފަތްކަލޭފާނުގެ ހަނދާނީ ވާދައިގެން ތަށްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 37ވަނަ ގައުމީ މުބާރާތާއި ހުތްޢަލިދީދީގެ ވާދައިގެ ތަށްޓަށް ބާއްވާ ޅެންހެދުމުގެ 28ވަނަ ގައުމީ މުބާރާތެވެ. މަޒުމޫނު ލިޔުމުގެ ގައުމީ މުބާރާތެއްގެ ތެރެއިން: ދިވެހި ބަހުގެ އެކެޑަމީގެ ގައުމީ ތިން މުބާރާތެއްގައި ވަނީ 2،000އަށް ވުރެ ގިނަ ފަރާތަކުން ބައިވެރިވި ---- ސަން ފޮޓޯ/ ނާއިޝް ނާހިދު އެ މުބާރާތްތަކުގައި ރާއްޖޭގެ ހުރިހާ އަތޮޅަކުން ޖުމުލަ 97 ސުކޫލަކުން ވަނީ ބައިވެރިވެފައެވެ. އެއީ، މާލެ ސަރަހައްދުގެ 20 ސުކޫލަކާއި އަތޮޅުތެރޭގެ 77 ސުކޫލެއް ކަމަށް އެކެޑަމީން ވަނީ ބުނެފައެވެ. އެ ތިން މުބާރާތުގައި ޖުމުލަ 2630 ފަރާތްތަކުން ބައިވެރިވެފައި ވެއެވެ. އެއީ: މަޒުމޫނު ލިޔުމުގެ މުބާރާތް: 1،095 ބައިވެރިން ކުރުވާހަކަ ލިޔުމުގެ މުބާރާތް: 1،006 ބައިވެރިން ޅެން ހެދުމުގެ މުބާރާތް: 529 ބައިވެރިން ދިވެހި ބަހުގެ އެކެޑަމީން ބުނީ، އެ މުބާރާތްތަކުގައި ދަރިވަރުންގެ އިތުރަށް އަމިއްލަ ފަރާތްތަކުން ވެސް ބައިވެރިވެފައިވާ ކަމަށެވެ. ތިން ދަންފަޅިއަށް ބަހައިލައިގެން ކުރިއަށްގެންދާ މި މުބާރާތް އޮންނާނީ ރާއްޖޭގެ ހުރިހައި ސަރަހަށްދެއްގައި ވެސް އެއް ވަގުތެއްގައެވެ. އެ މުބާރާތުގައި އަތޮޅުތަކުން ބައިވެރިވި ދަރިވަރުން މުބާރާތުގައި ލިޔާނީ އެ ދަރިވަރަކު ބައިވެރިވި މަރުކަޒެއްގައެވެ. އަދި މާލޭ ސަރަހައްދުގެ ސްކޫލުތަކުގެ ދަރިވަރުން ލިޔާނީ ކަލާފާނު ސުކޫލުގައެވެ. އަދަބީ މުބާރާތްތަކުގައި ބައިވެރިވި އަތޮޅުތަކާއި ރަށްތައް --- ފޮޓޯ/ ދިވެހި ބަހުގެ އެކެޑަމީ އަންނަ ހަފުތާގެ ހޮނިހިރު ދުވަހު މުބާރާތްތައް އޮންނާނެ ގަޑިތަކަކީ: މަޒުމޫނު ލިޔުމުގެ މުބާރާތް: ހެނދުނު 08:00 އިން 10:30އަށް ޅެން ހެދުމުގެ މުބާރާތް: ހަވީރު 16:30 އިން އިރުއޮއްސި 06:30އަށް ކުރުވާހަކަ ލިޔުމުގެ މުބާރާތް: މެންދުރު 12:00 އިން 14:30އަށް އެންމެ ފުރަތަމަ އެ މުބާރާތްތައް ބާއްވަން އެކެޑަމީން ނިންމާފައި އޮތީ މި ހަފުތާގެ ހޮނިހިރު ދުވަހަށެވެ. އެކަމަކު، އެ ދުވަހު އެޑިއުކޭޝަން މިނިސްޓްރީން އެހެން ހަރަކާތެއް ކުރިއަށްގެންދިޔުމަށް ނިންމައިފައިވާތީ އެކެޑަމީން ވަނީ މުބާރާތްތައް ބާއްވާ ތާރީޚު އަންނަ ހަފުތާގެ ހޮނިހިރު ދުވަހަށް ފަސްކޮށްފައެވެ. https://sun.mv/207299 މި އަހަރު ބާއްވާ މަޒުމޫނު ލިޔުމުގެ 40ވަނަ މުބާރާތަށް މިހާރު ބަދަލުތަކެއް ގެނެސްފައިވާކަން ދިވެހިބަހުގެ އެކެޑަމީން ފާހަގަކުރިއެވެ. މީގެ ކުރިން އެ މުބާރާތުގައި މަޒުމޫނު ލިޔަނީ މަޒުމޫނު ލިޔުމަށް އެކެޑަމީން ދީފައިވާ މައުޟޫތަކަށް ގުރުއަތުލައިގެން އެ ބައިވެރިއަކު އިޙްތިޔާރުކުރާ މައުޟޫޢަކަށެވެ. ނަމަވެސް މި އަހަރު މަޒުމޫނު ލިޔުމުގެ މުބާރާތުގެ މައުޟޫޢުތައް މުބާރާތް ބޭއްވުމުގެ 45 ގަޑިއިރު ކުރިން އާންމުކުރާނެ ކަމަށް އެ އެކެޑަމީން ބުންޏެވެ. އެހެން ނަމަވެސް ބައިވެރިން މަޒުމޫނު ލިޔާނެ މައުޟޫޢު ކަނޑައަޅާނީ މުބާރާތް ބާއްވާ މާލަމުގައި ވަގުތުން ގުރުއަތު ނަގައިގެންކަން ދިވެހިބަހުގެ އެކެޑަމީން ބުންޏެވެ. މީގެ އިތުރުން، އަމިއްލަ ގޮތުން މި މުބާރާތްތަކުގައި ބައިވެރި ފަރާތްތަކުން މުބާރާތުގައި ލިޔާނީ އެ މީހަކު ރަޖިސްޓަރީވުމަށް ފޯމުގައި ނޯޓުކޮށްފައިވާ މިހާރު ދިރިއުޅޭ ރަށެއްގައި އެކެޑަމީން މުބާރާތް ކުރިއަށް ގެންދިޔުމަށް ކަނޑައަޅައިފައިވާ ތަނެއްގައެވެ. މި މުބާރާތްތައް މުޅި ރާއްޖޭގައި ކުރިއަށްގެންދަނީ ލޯކަލް ގަވަމެންޓު އޮތޯރިޓީއާއި ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އެހީތެރިކަމާ އެކުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ