މިއަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 30 ވަނަ ދުވަހަކީ ގައުމީ އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - ރައީސް އޮފީހުން މިއަދު ނެރުނު ދެންނެވުމެއްގައި ބުނީ ރާއްޖޭގެ އިންޖިނޭރުންގެ ދުވަސް ފާހަގަ ކުރުމުގެ ކަންތައް ކުރިއަށް ގެންދާނީ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ އިން ކަމަށެވެ.
ތަފްސީލް - އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި އޮގަސްޓު 30 ކަނޑައެޅީ ރައީސް އޮފީހުން ބުނިގޮތުގައި އެ ދުވަހަކީ މި ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިންގި އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ، ސިނަމާލެ ބުރިޖު އިފުތިތާހުކުރި ދުވަހަކީ އޮގަސްޓް މަހެއްގެ30 ވަނަ ދުވަހަށް ވާތީ ކަމަށެވެ.
ސިނަމާލެ ބްރިޖު އިފްތިތާހު ކުރީ 2018 ވަނަ އަހަރުގެ އޮގަސްޓު 30 ވަނަ ދުވަހު އެވެ.
ގުޅުންހުރި - ރައީސް މުހައްމަދު މުއިއްޒު މަތީ ތައުލީމު ހާސިލްކުރެއްވީ ސިވިލް އިންޖިނިއަރިންގެ ދާއިރާއިންނެވެ. އަދި އެމަނިކުފާނަކީ ސިވިލް އިންޖިނިއަރެކެވެ.
ސިނަމާލެ ބްރިޖް ހުޅުވި އޮގަސްޓް 30 އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ