ކަރަންޓް ކެނޑުނު ނަމަވެސް ބަލިމީހުންގެ ފަރުވާގެ ކަންކަމަށް ބުރޫ ނާރާ ކަމުގެ ޔަގީންކަން ދީފި

ކަރަންޓް ކެނޑުނު ނަމަވެސް ބަލިމީހުންގެ ފަރުވާގެ ކަންކަމަށް ބުރޫ ނާރާ ކަމުގެ ޔަގީންކަން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ބޯޑުން ބުނެފިއެވެ. 
އެގޮތުން، އެ ބޯޑުގެ ސީއީއޯ އަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް ތަކުގެ ތެރޭގައި ހިމެނޭ 4 ހޮސްޕިޓަލް ކަމުގައިވާ، ދަރުމަވަންތަ ހޮސްޕިޓަލާއި، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލާއި، ހުޅުމާލެ ހޮސްޕިޓަލް އަދި ވިލިމާލެ ހޮސްޕިޓަލުގެ އިތުރުން މޯލްޑިވްސް ބްލަޑް ސާވިސަސް، ގެ ތެރެއިން، ވިލިމާލޢ ހޮސްޕިޓަލް ފިޔަވައި އެހެން ހުރިހާ ތަނަކުން ކަރަންޓްގެ ޚިދުމަތް މެދުކެނޑުނު ކަމަށެވެ.
އެހެން ނަމަވެސް، ބެކްއަޕް ޕަވާ އިން ހުރިހާ ކްރިޓިކަލް އޭރިއާ އަކަށް ބޭނުންވާ ކަރަންޓް ފޯރުކޮށްދެވުނު ކަމަށާ، ކަރަންޓް ކެނޑުމުގެ ސަބަބުން ބަލިމީހުންގެ ފަރުވާގެ ކަންކަމަށް އެއްވެސް ބުރޫއެއް ނާރާ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، އެ ބޯޑުން ބުނީ، އައިޖީއެމްއެޗާއި ދަރުމަވަންތަ އަށް މިހާރު ކަރަންޓް ލިބިފައިވާ ކަމަށާ، ހުޅުމާލޭ ހޮސްޕިޓަލް އަދި ބްލަޑް ސާވިސަސް ހިންގަމުންދަނީ ބެކްއަޕް ޕަވާއިން ދޭ ކަރަންޓުން ކަމަށްވެސް ޙަލީމް ވިދާޅުވިއެވެ.
މުޅި މާލެ ސަރަހައްދުން ކަރަންޓްގެ ޚިދުމަތް މެދުކެނޑުނީ މިއަދު 12:30 އެހާއިރު އެވެ.
މިކަމާގުޅިގެން ސްޓެލްކޯއިން ބުނީ، ”ޓޯޓަލް ބްލެކްއައުޓް“ އަކަށްވާތީ ގްރޭޓާ މާލެ ގްރިޑް އަލުން އެނާޖައިޒް ކުރުމުގެ ކުރިން ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށެވެ. 
އަދި އެ ޗެކްއަޕްތައް ނިމުނުހާ އަވަހަށް މާލެއާއި ހުޅުމާލެ ޖެންސެޓްތައް އެނާޖައިޒް ކުރުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ