ތާރީހީ ކަމެއް | ރާއްޖޭގައި ލޮނު އުފައްދަން ފަށައިފި

މިއީ ރާއްޖޭގައި ލޮނު އުފައްދަން ފެށި ފުރަތަމަ ފަހަރެވެ. ލޮނު އުފައްދަނީ އެ ޖަޕާނުގައި ޓެސްޓް ކުރުމަށްފަހު އެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ލޮނު އުފައްދާ ފެކްޓަރީއެއް ހަދައި، ލޮނު އުފެއްދުމުގެ މަސައްކަތް ފަށައިފި އެވެ. 
ލޮނު އުފެއްދުމުގެ މަސައްކަތް ފެށީ ދިވެހި ކުންފުންޏެއް ކަމަށްވާ އެމްޑީޕް އިންވެސްޓްމަންޓާއި ޖަޕާނުގެ ކުންފުންޏެއް ގުޅިގެންނެވެ. މިތަން ތަރައްގީކޮށްފައިވަނީ 15000 އަކަފޫޓްގެ ބިމެއް ގަ އެވެ. މިއީ ދިއްދޫ ކައުންސިލުން 15 އަހަރު ދުވަހަށް ވަނީ ކުއްޔަށް ދީފައިވާ ބިމެކެވެ. 
"ޓެންޕީ ސަން ސޯލްޓް" ގެ ނަމުގައި އުފެއްދި ލޮނުގެ ބްރޭންޑް ހިމެނޭ މި ފެކްޓަރީ އިއްޔެ ވަނީ ހުޅުވާފަ އެވެ. މި ފެކްޓްރީގެ ޢަމަލީ މަސައްކަތް ފެށީ ރާއްޖޭގެ ކަނޑުގެ ލޮނުގެ ކޮލިޓީ ޖަޕާނުގައި ޓެސްޓްކޮށްގެންނެވެ. 
ޖަޕާނުގައި ހެދި މި ޓެސްޓްތަކުން ފެނުނީ އެހެން ގައުމުތަކުގެ ކަނޑުގެ ލޮނާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ލޮނަކީ ކޮލިޓީ ރަނގަޅު އަދި ސިއްހަތަށް ފައިދާހުރި މާއްދާތަކުގެ މިންވަރު ވެސް މަތި ލޮނެއްކަމަށް އެމްޑީޕް އިންވެސްޓްމަންޓް ބުނެފައިވެ އެވެ. މި ފެކްޓަރީގައި ލޮނު އުފައްދަނީ އައްޔާއި ހޫނު ބޭނުންކޮށްގެންނެވެ. މިގޮތުން ލޮނުގެ ތިން ބާވަތެއް އުފައްދަ އެވެ. މީގެތެރޭގައި އާންމުކޮށް ކެއިންބުއިމަށް ބޭނުންކުރާ ލޮނާއި އިތުރު ހާއްސަަ ބާވަތްތަކުގެ ލޮނުވެސް ހިމެނެ އެވެ. ލޮނު ބެޗެއް ތައްޔާރުކުރުމަށް ހަފުތާއެއް ހޭދަވެ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ