އަންނަ އަހަރަކީ ގައުމީ އުފެއްދުންތެރިކަމުގެ އަހަރުގެ ގޮތުގައި ކަނޑައަޅަނީ

އަންނަ އަހަރަކީ ގައުމީ އުފެއްދުންތެރިކަމުގެ އަހަރެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް މަސައްކަތް ކުރައްވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.އުފެއްދުންތެރިކަމުގެ މައުރަޒަށް ރޭ ޒިޔާރަތް ކުރައްވައި ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ މިއަންނަ އަހަރަށް ބަހާލައިގެން އުފެއްދުންތެރިކަމަށް ފުޅާދާއިރާއެއްގައި ފުރުސަތު ފަހިކޮށްދިނުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ. ކްރިއޭޓިވް އެކޮނަމީއެއް ގާއިމުކުރުމަކީ މި ސަރުކާރުގެ މެނިފެސްޓޯގެ ވަރަށް މުހިއްމު ވައުދެއް ކަމުގައިވެސް ފާހަގަކުރެއްވި އެވެ. 2030 ވަނަ އަހަރަށް ދާއިރު މުޅި ޖީޑީޕީގެ 15 އިންސައްތަ އާމްދަނީ، ކްރިއޭޓިވް އިންޑަސްޓްރީން ލިބޭ މިންވަރަށް އެ ސިނާއަތް ފުޅާކުރެއްވުމަށް ނިންމަވައި އެކަން ރައީސް ވަނީ އިއުލާންވެސް ކުރައްވާފަ އެވެ."މިފަހަރުގެ މައުރަޒަށް ބަލާލުމުންވެސް އޭގެ ކުރިން އެކަން ހާސިލްކުރެވޭނެ ކަމަށް ބެލެވޭ،" ރައީސް ވިދާޅުވި އެވެ.މި މައުރަޒުގެ މަގްސަދަކީ ދިވެހި އުފެއްދުންތެރިކަމަށް ފުރުސަތު ދިނުންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެކަން ހާސިލުވެފައިވާ ކަމަށެވެ. އަދި ވަރަށް ބޮޑު މެދުކެނޑުމަކަށް ފަހު އަލުން މައުރަޒު ބޭއްވުމަކީ ފެށުމެއް ކަމަށާއި މި ފެށުން ބަލައިގެންފައިވާ މިންވަރު، މައުރަޒަށް ޒިޔާރަތްކުރެއްވުމުން ފެނިވަޑައިގަންނަވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025، ރައީސް އިފްތިތާހުކޮށްދެއްވީ މިދިޔަ ހުކުރު ދުވަހު އެވެ. މި މައުރަޒުގެ ކަންކަން އިންތިޒާމުކޮށް ކުރިއަށްގެންދަނީ އިކޮނޮމިކް މިނިސްޓްރީ އާއި ބިޒްނަސް ސެންޓަރު ކޯޕަރޭޝަން (ބީސީސީ) ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ