އެމްޑަބްލިޔުއެސްސީން ކެންދޫގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ނިންމައިފި
އެމްޑަބްލިޔުއެސްސީން ބ. ކެންދޫގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ނިންމާލައިފި އެވެ.ބ.ކެންދޫގެ ފެނާއި ނަރުދަމާ މަޝްރޫޢަކީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން އެމްޑަބްލިޔުއެސްސީއާއި ހަވާލުކޮށްގެން ކުރިޔަށްގެންދިޔަ މަޝްރޫއެކެވެ. 56.26މިލިޔަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދިޔަ މިމަޝްރޫއުގެ ސަބަބުން ކެންދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބިގެންދާނެކަމަށް އެމްޑަބްލިޔުއެސްސީން ވިދާޅުވެ އެވެ.އެ މަޝްރޫއުގެ ދަށުން، ފެން އުފައްދާ ޕްލާންޓެއް ވެސް ރަށުގައި ބެހެއްޓި އެވެ. އަދި ފެން ރައްކާ ކުރާ ތާނގީއެއް ވެސް ބެހެއްޓި އެވެ.ނަރުދަމާގެ މަސައްކަތްތަކުގެ ދަށުން ނަރުދަމާގެ މައި ނެޓްވޯކާއި ޕަމްޕިން ލައިން އަޅައި، ޕަންޕިން ސްޓޭޝަނެއް ގާއިމްކޮށް، ސީ އައުޓް ފްލޯ ވަނީ އަޅައިފަ އެވެ. އަދި ފެން ތަހުލީލު ކުރަން ބޭނުންވާ ސާމާނާއި ނަރުދަމާ ނިޒާމު ބަލަހައްޓަން ބޭނުންވާ ވެހިކަލެއް ވެސް ރަށުގައި ބެހެއްޓި އެވެ.ކެންދޫގައި ގާތްގަނޑަކަށް 1350 މީހުން ދިރިއުޅެ އެވެ. ކެންދޫގައި މީގެ ކުރިން އޭޝިއަން ޑިވެލޮޕްމަންޓު ބޭންކުގެ އެހީގައި ވަނީ ކަރަންޓު އުފައްދަން ޖަނަރޭޓަރު ސެޓެއް ބަހައްޓައިފަ އެވެ. ރަށުގެ ބަނދަރު ވެސް ހުންނަނީ ހަދައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ