ހަނިމާދޫ ސްކޫލްގެ އެންމެ މޮޅު ދަރިވަރަކަށް ނާއިލް

ހދ ހަނިމާދޫ ސްކޫލްގެ 2024-2023 ވަނަ އަހަރުގެ ހުރިހާގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމު ނާއިލް ޔޫސުފް ހޯދައިފި އެވެ.
ހަނިމާދޫ ސްކޫލްގެ އިނާމުދިނުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމަންޓްގެ ސްޓޭޓް މިނިސްޓަރު ނިޝާން މުލީގެ ޝަރަފުގެ އިއްޒަތުގެ ވެރިޔާ އިބުރާހިމް އިސްމާއިލް އަލީ އެވެ.
ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމު ހޯދި ނާއިލް ވަނީ ގައުމީ ގަދަދިހައެއްގެ 7 ވަނަ ހޯދާފަ އެވެ. ނާއިލްގެ އިތުރުން އެ ސްކޫލްގެ އާއިޝަތު ޝައިހާ މުހައްމަދުވެސް ވަނީ ގައުމީ ގަދަދިހައެއްގެ ހިމެނި 8 ވަނަ ހޯދާފަ އެވެ.
މިއަހަރުގެ އިނާމުދިނުމުގެ ރަސްމިއްޔާތުގައި މިދިޔަ ހޮނިހިރުދުވަހުގެ ރޭ ބާއްވާފައިވާއިރު އެ ސްކޫލްގެ 22 ދަރިވަރަކު ވަނީ މިރަސްމިއްޔާތުގައި އިނާމު ހާސިލްކޮށްފަ އެވެ.
އެންމެ މޮޅު ދަރިވަރުގެ މަގާމު ލިބުނު ދަރިވަރަށް ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ލެޕްޓޮޕެއް ދީފައިވާއިރު ހަނިމާދޫ ކައުންސިލުން ވަނީ އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމެއްވެސް ހުށަހަޅާފަ އެވެ. މީގެ އިތުރުން އަންހެނުންގެ ކޮމެޓީ އާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރާއި މުއައްސަސާތަކުން ވަނީ އިނާމު ހުށަހަޅާފަ އެވެ.
އިނާމުދިނުމުގެ މި ރަސްމިއްޔާތުގައި ހަނިމާދޫގައި ހުންނަ މުއައްސަސާތަކުގެ ވެރިންނާއި ދަރިވަރުން އަދި ގިނަ އަދަދެއްގެ ބެލެނިވެރިން ބައިވެރިވެލެއްވި އެވެ.
ހަނިމާދޫ ސްކޫލްގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ: ހަނިމާދޫ ސްކޫލް

އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ