މެލޭޝިއާގައި ދިވެހި ޕާސްޕޯޓާއި އައިޑީކާޑުގެ ހިދުމަތް ފަށައިފި
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓު، މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ދޫކުރުމުގެ ހިދުމަތް މިއަދު އިފުތިތާހު ކޮށްފި އެވެ.މި ހިދުމަތް އިފުތިތާހު ކުރީ، މެލޭޝިޔާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، މިއަދު އެ ގައުމުގައި ދިރިއުޅޭ ދިވެހީންނާއެކު ބޭއްވެވި ބައްދަލު ކުރެއްވުމުގައެވެ.އެ ގައުމުގައި ފުރަތަމަ ޕްރިންޓުކުރި ދިވެހި ޕާސްޕޯޓާއި އައިޑީ ކާޑު، އޭގެ ވެރިފަރާތާ ހަވާލުކޮށްދެއްވީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާނެވެ.މި ދެ ހިދުމަތް ވެސް މާދަމާއިން ފެށިގެން، މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ލިބޭނެއެވެ. މިއީ ބޭރު ގައުމެއްގައި ރާއްޖޭގެ އީ-ޕާސްޕޯޓު ދޫކުރާ ފުރަތަމަ ފަހަރެވެ.މެލޭޝިއާއަކީ ގިނަ އަދަދެއްގެ ދިވެހިންނާއި ކިޔަވާ ކުދިން އުޅެމުން އަންނަ ގައުމެކެވެ.މިއަދުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ މެލޭޝިއާގައި އުޅޭ ދިވެހިންނަށް ހިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން މަސައްކަތައް ކުރަމުން އަންނަ ކަމަށެވެ.އެ ރަސްމިއްޔާތުގައި ވަނީ މެލޭޝިއާގަައި އުޅޭ ދިވެހި ކިޔަވާ ކުދިން ތަމްސީލުކުރުމަށް ސްޓޫޑަން އެސޯސިއޭޝަން ވެސް އުފައްދައިފަ އެވެ.ރައީސް ވިދާޅުވި ގޮތުގައި މި ޖަމިއްޔާ އަށް ވެސް މަހަކު 3،000 ޑޮލަރު ޖަމާކުރާނެ އެެވެ. އެއީ ޖަމިއްޔާ ހިންގުމަށްވާ އެހީއެއް ކަމަށް ވިދާޅުވި އެވެ.ރައީސް މުއިއްޒު ވަނީ މެލޭޝިއާގައި ކިޔަވާ ދަރިވަރުންގެ އިތުރުން މި ގައުމުގައި ދިރިއުޅެމުންދާ ދިވެހިންނަށް ވެސް ލުއި ގޮތްތައް ހޯދައިދިނުމަށް ސަރުކާރުން އެކި މަސައްކަތްތައް ކުރާ ކަމަށް ވިދާޅުވެފަ އެވެ.ރަސްމީ ދަތުރުފުޅެއްގައި ރައީސް މެލޭޝިޔާއަށް ވަޑައިގަތީ، އެ ގައުމުގެ ބޮޑުވަޒީރު އަންވަރް އިބްރާހީމްގެ ދައުވަތަކަށެވެ.މިދަތުރުފުޅުގައި، އެ މަނިކުފާނުގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިންގެ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ