ހުލާސާކޮށް އިއްޔެ: ދުންފަތް އޮޅަން ބޭނުން ކުރާ އާލާތްތައް ވެސް މަނާ ކުރަނީ ހުލާސާކޮށް އިއްޔެ: ދުންފަތް އޮޅަން ބޭނުން ކުރާ އާލާތްތައް ވެސް މަނާ ކުރަނީ

ދުންފަތް އޮޅަން ބޭނުން ކުރާ އާލާތްތައް މަނާ ކުރުމަށްޓަކައި، ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް އިސްލާހެއް ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ސަރުކާރުން ގެންނަން މަސައްކަތް ކުރާ އިސްލާހުގައި ވަނީ ދުންފަތް އުފައްދަން ބޭނުން ކުރާ މެޝިނަރީ މަނާ ކުރަން ހުށަހަޅައިފަ އެވެ. ދުންފަތް އޮޅަން ބޭނުން ކުރާ އާލާތްތައް ވެސް މާނަކޮށްފައި ވަނީ އެފަދަ މެޝިނެއްގެ ގޮތުގަ އެވެ.
"[ދުންފަތް އުފައްދަން ބޭނުން ކުރާ މެޝިނަރީގެ ތެރޭގައި] ދުންފަތުގެ އިސްތިއުމާލު ކުރުމަށްޓަކައި، ދުންފަތް އޮޅާ ކަރުދާހަށް ދުންފަތް އެޅުމަށްފަހު އެ އޮޅައި، ސިނގިރޭޓު ނުވަތަ ބިޑިއެއް ނުވަތަ އެފަދަ އެއްޗެއްގެ ސިފައިގައި ބަންދުކޮށް ޕެކް ކުރާ މެޝިނަރީ ވެސް ހިމެނޭ،" މަޖިލީހަށް ހުށަހަޅާފައި އޮތް ބިލުގައި ބުނެފައިވެ އެވެ.
އޭގެ އިތުރުން، އުމުރުން 21 އަހަރުން ދަށުގެ މީހުން ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރަން ވެސް އެ ބިލުގައި ވަނީ ހުށަހަޅައިފަ އެވެ. އަދި ޖެނެރޭޝަން ބޭންއެއް ގެނައުމުގެ ބޭނުމުގައި ޖެނުއަރީ 1، 2007، އަށް ފަހު އުފަންވެފައިވާ މީހުންނަށް ދުންފަތް މަނާ ކުރަން ވެސް ވަނީ ބިލުގައި މާއްދާއެއް ހިމަނައިފަ އެވެ.
30 އޭޕްރިލް 2025, 3 ޛުލްޤަޢިދާ 1446, ބުދަ | ނަކަތް: ބުރުނު
- ބައެއް ރަށްތަކަށް ކެރީގެ އަސަރު ކުރުމާއެކު ގުގުރުން އެކަށީގެންވޭ
- ވައިޖެހޭނީ ހުޅަނގު ދެކުނުންނާއި ހުޅަނގުން އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް 3 މޭލާއި 13 މޭލަށް، ދެކުނުގެ އަތޮޅުތަކަށް 5 މޭލާއި 15 މޭލަށް.
- ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ
- ރާޅުގެ އުސްމިން ހުންނާނީ 2-4 ފޫޓުގަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ