ފުރަތަމަ ތިން މަސް | ޑޮލަރުގެ އާމްދަނީ 31.2% އިތުރު

މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ރެވެނިއު ރިޕޯޓް ދައްކާ ގޮތުން ނިމިދިޔަ ކުއާޓަރުގައި ދައުލަތަށް 426.03 މިލިއަން ޑޮލަރު ގެ އާމްދަނީއެއް ވަނީ ލިބިފަ އެވެ. މިއީ ކުރީ އަހަރު ލިބުނު 324.63 މިލިއަން ޑޮލަރެވެ.
މި އަހަރުގެ ފުރަތަމަ ތިން މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ދައުލަތަށް ލިބުނު ޑޮލަރުގެ އާމްދަނީ 31.2% އިތުރުވެފައިވާ ކަމަށް ދައްކައިފި އެވެ. 
މީރާއިން ނެރުނު މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ރެވެނިއު ރިޕޯޓް ދައްކާ ގޮތުން ނިމިދިޔަ ކުއާޓަރުގައި ދައުލަތަށް  426.03 މިލިއަން ޑޮލަރު (6.5 ބިލިއަން ރުފިޔާ) ގެ އާމްދަނީއެއް ވަނީ ލިބިފަ އެވެ. މިއީ ކުރީ އަހަރު ލިބުނު 324.63 މިލިއަން ޑޮލަރު (4.9 ބިލިއަން ރުފިޔާ) ގެ އާމްދަނީ އާ އަޅާބަލާއިރު 31.2% ގެ އިތުރުވުމެކެވެ. 
މި މުއްދަތުގައި އެންމެ ބޮޑު އިތުރުވުމެއް އައިސްފައިވަނީ ޓޫރިޒަމް ބިމު ކުލީގެ މުއްދަތު އިތުރުކޮށްގެން ލިބުނު އާމްދަނީ އެވެ. މިބައިން ލިބުނު އާމްދަނީ ވަނީ 30.56 މިލިއަން ޑޮލަރު ލިބިފަ އެވެ. އަދި ވިތުހޯލްޑިން ޓެކްސް، އެމްޕްލޯއީ ވިތުހޯލްޑިން ޓެކުހަށް ލިބުނު އާމްދަނީ ވެސް ވަނީ 17.56 މިލިއަން ޑޮލަރަށް އިތުރުވެފަ އެވެ. މީގެ އިތުރުން ގްރީން ޓެކްސް ނަގާ މިންވަރު މަތިކުރުމަށް ގާނޫނަށް ގެނައި ބަދަލާއެކު މި ޓެކުހުން ލިބުނު އާމްދަނީއަށް 13.74 މިލިއަން ޑޮލަރުގެ އިތުރުވުމެއް އައިސްފައިވެ އެވެ. 
މަހުން މަހަށް ޑޮލަރުގެ އާމްދަނީއަށް ލިބުނު ކުރިއެރުމަށް ބަލާނަމަ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 104.03 މިލިއަން ޑޮލަރެވެ. ނަމަވެސް މި އަހަރު މި އަދަދު ވަނީ 125.89 މިލިއަން ޑޮލަރަށް އިތުރުވެފަ އެވެ. އަދި މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ޑޮލަރުގެ އާމްދަނީ އަށް 100.92 މިލިއަން ޑޮލަރު ލިބުނެވެ. މި އަހަރުގެ ފެބްރުއަރީ މަހު ލިބިފައިވަނީ 122.72 މިލިއަން ޑޮލަރެވެ. އަދި މިދިޔަ އަހަރުގެ މާރިޗު މަހު 119.67 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. މި އަހަރު ލިބުނީ 177.43 މިލިއަން ޑޮލަރެވެ. 
ސަރުކާރުން ވަނީ ދައުލަތަށް ލިބޭ ބޭރު ފައިސާ އިތުރު ކުރުމުގެ ގޮތުން ޑޮލަރުން ލިބޭ އާމްދަނީ އިތުރު ކުރަން ފިޔަވަޅުތަކެއް އަޅަން ފަށާފަ އެވެ. މިގޮތުން ކުރިން ދިވެހި ރުފިޔާއިން ދައްކާ ޓެކްސްތައް ޑޮލަރުން ދައްކަން ލާޒިމްކޮށްފަ އެވެ. މި މިބަދަލުގެ ސަބަބުން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު އާމްދަނީގެ 70 ޕަސެންޓް ލިބިފައިވަނީ ޑޮލަރުންނެވެ. އަދި ދިވެހި ރުފިޔާއިން ބަލައި ގަނެފައިވަނީ އާމްދަނީގެ 29.7% ގާތްގަނޑަކަށް 2.77 ބިލިއަން ރުފިޔާ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ