ކުރިނބީ ބަނދަރުގެ އެއްގަމު ތޮށީ ބްލޮކްތައް ހަރުކުރުމުގެ މަސައްކަތް ފަށައިފި

ހދ. ކުރިނބީ ބަނދަރު ހެދުމުގެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ އެއްގަމު ތޮށީގެ ބްލޮކްތައް ހަރުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ކުއޭ ވޯލަކީ ކޮންކްރީޓް ނުވަތަ ސްޓީލް އިން ހަދާފައިވާ ރިޓެއިނިން ވޯލްގެ ބާވަތެކެވެ. އެއީ ބަނދަރަކާއި ކޯރެއް ނުވަތަ ކެނަލްއެއްގެ ކައިރީގައި އޮންނަ ބިން ހިފަހައްޓައިދޭ ވަސީލަތެެވެ.
ކުއޭ ވޯލް ނުވަތަ އެެއްގަމު ތޮށި ފާރުތައް ހަދަނީ ބިން ހަމައަކަށް އެޅުވުމަށާއި، އުޅަނދުފަހަރަށް ބަލްކުކޮށް މުދާ ބަރުކުރުމަށް ނުވަތަ އަންލޯޑް ކުރުމަށާއި، ބަނދަރުތަކާއި އާބަން އޭރިއާތަކާއި އިންލޭންޑް ވޯޓާވޭތައް ހިންގުމަށް ވަރަށް މުހިންމު އެއްޗެކެވެ.
މި މަޝްރޫއު ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. އެ ކުންފުނިން ބުނި ގޮތުގައި ބޭރު ތޮށީގެ ބްލޮކްތައް ހަރުކުރުމުގެ މަސައްކަތް ފެށީ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ.
ސަރުކާރުން އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 14 ގައެވެ. ކުރިނބި ބަނދަރުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފެށީ 2023 ޖޫން 4 ގައެވެެ.
މި މަޝްރޫއުގެ ދަށުން 36،360 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމާއި 365 މީޓަރުގެ ބްރޭކްވޯޓާ އެޅުމާއި ރިވެޓްމަންޓް ޖެހުމާއި 393 މީޓަރުގެ ދިގު މިނުގައި ކުއޭ ވޯލް ސްޓްރަކްޗާ އެޅުމުގެ މަސައްކަތް ކުރާނެއެވެ.
މީގެ އިތުރުން ބަނދަރު ބައްތި ހަރުކުރުމާއި، ޕޭވް ކުރުމުގެ މަސައްކަތްވެސް އެމްޓީސީސީން ކުރާނެއެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ