ވިޒިޓް މޯލްޑިވްސް ކްލަބުން ބާއްވާ ތިން ދުވަހުގެ ފޯރިގަދަ މަސް ރޭސް، 'ބުރުނު ބޮމަ'އިގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ދިރާގުން ސޮއިކޮށްފި އެވެ.
ވީ ކިހިނެއް؟ - އަންނަ މަހު 2 އިން 4އަށް ކްރޮސްރޯޑްސްގައި ބާއްވާ މި މަސް ރޭހުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އެންމެ ވަރުގަދަ އެންގްލަރުން ފެނިގެންދާނެ އެވެ. އޭގެ ތެރޭގައި، ރާއްޖޭގެ ގްލޯބަލް ސްޕޯޓް ފިޝިން އެމްބެސެޑަރު އަދި ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ކުޅިވަރުގެ މަސްވެރިކަމުގެ ތަޖުރިބާކާރެއް ކަމަށްވާ ފްލައި ނަވާރޯ ވެސް ބައިވާނެ އެވެ.
ތަފްސީލް - މުނިފޫހިފިލުވުމުގެ ކުލަގަދަ ހަރަކާތްތަކާ އެކު ބާއްވާ މި މުބާރާތް ވެގެންދާނީ ރާއްޖޭގައި މި ފެންވަރުގައި ބާއްވާ ތަފާތު ހަރަކާތަކަށެވެ. މިއީ ކުޅިވަރުގެ މަސްވެރިކަމަށް ހާއްސަ މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ މަގްބޫލުކަން އިތުރުކުރުމަށް އެހީތެރިވެގެންދާނެ ކަމެކެވެ.
ފާހަގަކޮށްލެވޭ - ވިޒިޓް މޯލްޑިވްސް ކްލަބަކީ އެމްއެމްޕީއާރުސީގެ ރަސްމީ ރިކްރިއޭޝަނަލް ކްލަބެވެ. މި ކްލަބުގެ މަގްސަދަކީ ބައިނަލްއަގުވާމީ ފަރާތްތަކާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ވަރުގަދަކުރުމެވެ.
ދިރާގުން އަންނަނީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ފަތުވެރިކަން ކުރިއެރުވުމަށާއި ރާއްޖޭގެ ކަނޑުތައް ހިމާޔަތްކޮށް، ދެމެހެއްޓިނިވި ފަތުރުވެރިކަމުގެ މަންޒިލަކަށް ހެދުމަށް ކުރިއަށްގެންދާ މިފަދަ ހަރަކާތްތަކުގެ އެންމެ އިސް ސަފުގައި ބައިވެރިވެ، މިފަދަ ކަންކަން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ދިރާގުން 'ބުރުނު ބޮމަ' މަސް ރޭހުގެ ޑިޖިޓަލް ޕާޓްނަރަކަށް ވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ