ޕެރޭޑު ބާއްވާ ބައެއް މަގުތަކުން އުޅަނދުތައް ނަގަނީ، ޕެރޭޑު ނިމެންދެން ޕާކު ނުކުރާން އެދެފި

ސިފައިންގެ އަހަރީ ދުވަހާ ގުޅިގެން މިއަދު ހަވީރު މާލޭގައި ޕެރޭޑެއް ބާއްވަން ހަމަޖެހިފައި ވާއިރު، މި ޕެރޭޑު ކުރިއަށް ގެންދާ ބައެއް މަގުތަކުން ވެހިކަލްތައް ނެގުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. މި ޕެރޭޑު ފަށަނީ ހަވީރު 4:15ގައި އަމީރު އަހްމަދު މަގުން އެއް ނަމްބަރު ޖެޓީ ކައިރިންނެވެ. އަދި ޕެރޭޑު ނިންމަނީ ކަޅުތުއްކަލާ ކޮށި ކައިރިއަށެވެ. ޕެރޭޑާ ގުޅިގެން ފުލުހުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ، އަމީނީ މަގާއި ކަނބާ އައިސާ ރަނި ހިނގުން ގުޅޭ ކަންމަތިން ފެށިގެން ކަނބާ އައިސާ ރަނި ހިނގުމާއި މަޖީދީމަގު ގުޅޭ ކަންމައްޗާ ދޭތެރޭގައި ޕާކުކޮށްފައިވާ ވެހިކަލްތައް ނަގާނެ ކަމަށެވެ. https://x.com/PoliceMv/status/1913508059357524229 އަދި މަޖީދީ މަގާއި ސޯސަންމަގު ގުޅޭ ކަންމަތިން ފެށިގެން ސޯސަންމަގުގައި ޕާކުކޮށްފައިވާ ވެހިކަލްތަކާއި ސޯސަންމަގުން ފެށިގެން އަމީރު އަހްމަދު މަގުގެ ބަންޑާރަ ކޮށްޓާ ހަމައަށް ޕާކުކޮށްފައިވާ ވެހިކަލްތައް ވެސް ނަގާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ. ޕެރޭޑު ނިމުމާ ހަމައަށް މި މަގުތަކުގައި ޕާކު ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. ޕެރޭޑު ހުއްޓާނެ ސަރަހައްދުތައް: އަމީރު އަހްމަދު މަގު، ޕާކިންޒޯން ކުރިމަތި ސޯސަލް މަގު، ދިވެހި ބަހުގެ އެކެޑަމީ ކުރިމަތި މަޖީދީ މަގު، ޗާންދަނީީ މަގު ހަތަރު އަނގޮޅި މަޖީދީ މަގު، މިލިއަން ބުކްޝޮޕް ކުރިމަތި ބޮޑުތަކުރުފާނު މަގު ކަޅުތުއްކަލާ ކޮށި ހުޅަނގު އުތުރު ކަންމަތި އާންމުކޮށް މާލޭގައި ސިފައިންގެ ޕެރޭޑު ބާއްވަނީ މިނިވަން ދުވަހުގެ މުނާސަބަތުގައެވެ. މިފަދަ ޕެރޭޑުތަކަށް އާންމުންނާއި ކުޑަކުދިންގެ ބޮޑު ތަރުހީބެއް ލިބެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ