ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލާއި ހަމާސް ޖަމާއަތުން ކުރަމުންދިޔަ ހަނގުރާމައިގައި، ހަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމުގެ ދަށުން، އިތުރު ބުރެއްގެ ރަހީނުންނާއި ގައިދީން މިނިވަންކޮށްފި އެވެ.
ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލާއި ހަމާސް ޖަމާއަތުން ކުރަމުންދިޔަ ހަނގުރާމައިގައި، ހަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމުގެ ދަށުން، އިތުރު ބުރެއްގެ ރަހީނުންނާއި ގައިދީން މިނިވަންކޮށްފި އެވެ.އިޒްރޭލުން ޣައްޒާއަށް ދެމުންއައި އުދުވާނުތައް ފަނަރަ މަސް ދުވަހަށްފަހު ހުއްޓައިލަން އެއްބަސްވީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެވެ. އެ އެއްބަސްވުމުގެ ދަށުން ހަމާސްއިން ރަހީނުކޮށްފައިވާ 33 މީހަކާއި އިޒްރޭލުގެ ޖަލުތަކުގައި ބަންދުކޮށްފައިތިބި 2،000 އެއްހާ މީހުން މިނިވަންކުރުން ހިމެނެ އެވެ.
މި އެއްބަސްވުމަށް އަމަލުކުރަން ފެށި ފަހުން، ހަތަރު ފަހަރެއްގެ މަތިން ހަމާސްއިން ރަހީނުކޮށްފައިވާ 18 މީހަކާއި، އިޒްރޭލުގެ ޖަލުތަކުން 600 އެއްހާ ފަލަސްތީނުގެ މީހުން ވަނީ މިނިވަންކޮށްފަ އެވެ.
ރޭގެ ވަގުތެއްގައި، އެއްބަސްވުމުގެ ފަސް ވަނަ ބުރުގައި ހިމެނޭ، ތިން ރަހީނުންނާއި 183 ގައިދީން ވަނީ ބަދަލުކޮށްފަ އެވެ. އިޒްރޭލުން ތުހުމަތުކުރާ ގޮތުގައި، ރޭ މިނިވަންކުރި ތިން ރަހީނުންނަށް ރަނގަޅަށް ކާން ނުދޭތީ، ސިއްހީ ހާލު ގޯހެވެ.
ހަމާސް އިން ބުނީ، ރޭ މިނިވަންކުރި ގައިދީންނަށް އަނިޔާކޮށްފައިވާ ކަމުގެ ނިޝާންތައް އެބަހުއްޓެވެ. އަދި އޭގެ ތެރެއިން ހަތް މީހަކު ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާދެމުންދާ ކަމަށް އެ ޖަމާއަތުން ބުންޏެވެ.
ގިނަ ގައުމުތަކެއް މެދުވެރިވެގެން އެކުލައިލެވުނު މި އެއްބަސްވުން ވަނީ ތިން ފިޔަވައްސަކަށް ބަހާލައިފަ އެވެ. ރަހީނުންނާއި ގައިދީން މިނިވަންކުރުމުގެ އިތުރުން، ޣައްޒާގައި މީހުން އެންމެ ގިނައިން ދިރިއުޅޭ ސަރަހައްދުތަކުން އިޒްރޭލު ސިފައިން ފޭބުން ފުރަތަމަ ފިޔަވަހީގައި ހިމެނެ އެވެ.
ދެވަނަ ފިޔަވަހީގެ މަޝްވަރާތައް ފަށާނީ، ފުރަތަމަ މަރުހަލާ ކާމިޔާބުވެއްޖެ ނަމަ އެވެ. ދެވަނަ ފިޔަވަހީގައި، ޣައްޒާގައި ދާއިމީކޮށް ހަމަލާތައް ހުއްޓާލައި، ބާކީ ތިބި ރަހީނުންނާއި ގައިދީން ވެސް މިނިވަންކުރާނެ އެވެ.
މި އެއްބަސްވުމުގެ ފަހު ފިޔަވަހީގެ ދަށުން، ޣައްޒާ އަލުން ބިނާކުރުމުގެ މަސައްކަތް ފެށޭނެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ޣައްޒާ އެއްބަސްވުމުގެ ފަސް ވަނަ ބުރުގެ ރަހީނުންނާއި ގައިދީން މިނިވަންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ