ހުލާސާކޮށް އިއްޔެ: ބޯވާރޭތެރޭގައި ވެސް ޒުވާނުންގެ ހިތްވަރު ދައްކާލައިފި ހުލާސާކޮށް އިއްޔެ: ބޯވާރޭތެރޭގައި ވެސް ޒުވާނުންގެ ހިތްވަރު ދައްކާލައިފި

މާލޭގެ އުސް އިމާރާތެއްގެ މަތިން ގެއެއްގެ ފުރާޅުމައްޗަށް ވެއްޓުނު ހައްވާ ޔުމްނު ރަޝީދު 21، ގެ ހައްގުގައި ޒުވާނުން މާލޭގައި ބޯވާރޭގައި ވެސް އެއްވެ، އިންސާފު ނުލިބެނީސް ދޫނުކުރާނެ ކަމަށް ގޮވާލައިފި ރޭ ވެސް މުޒާހަރާކުރި އެވެ.
ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން ކައިރީ "ދުލެއް ނުކުރާނަން" ނަމުގައި ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ގިނަ އަދަދެއްގެ ޒުވާނުން ރޭ މުޒާހަރާކުރީ ބޯކޮށް ވާރޭވި، ފެންބޮޑުވެފައި އޮއްވަ އެވެ.
މި އެއްވުމުގައި ވާހަކަ ދެއްކި ޒުވާނަކު ބުނީ ޒުވާނުން މަގުމައްޗަށް ނިކުމެ ތިބީ އިންސާފު ހޯދުމަށް ކަމަށެވެ.
"މިތާ މިތިބަ ޒުވާނުންނަކީ ކޮންމެ ދުވަހަކު އޮފީހަށް ގޮސް ވަޒީފާ އަދާކުރާ މީހުން. ގައުމު ހުއްޓުމެއް ނެތި ގައުމު އެއޮށް ދަނީ ކުރިއަށް. އަޅުގަނޑުމެން ކުރާ މުޒާހަރާއެއްގައި ގައުމެއް ނުހުއްޓޭނެ. އަހަރުމެން ބޭނުންވަނީ އިންސާފު،" ޒުވާނަކު ބުންޏެވެ.
ޒުވާނުން ރޭ ވެސް ހިފައިގެން ތިބި ބޯޑުތަކުގައި ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ތުހުމަތުވާ ހުރިހާ އެންމެން ހައްޔަރު ކުރުމަށް ވަނީ ގޮވާލައިފަ އެވެ. މީގެ އިތުރުން ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން އަދި ހޯމް މިނިސްޓަރު އަލީ އިހުސާންގެ އިސްތިއުފާއަށް ވެސް އިހުތިޖާޖުގެ ބައިވެރިން ދަނީ ގޮވާލަމުންނެވެ.
އިހުތިޖާޖުގެ ބައިވެރިން ކުރި 10 ޑިމާންޑުގެ ތެރެއިން މިހާތަނަށް ފުރިހަމަ ކުރެވިފައި ވަނީ ޕޮލިސް ކޮމިޝަނަރު އަލީ ސުޖާއު އިސްތިއުފާ ދިނުމުގެ އިތުރުން ޔުމްނު ވެއްޓުނު ހާދިސާ މިނިވަންކޮށް ތަހުގީގުކުރުމަށް ކޮމިޝަނެއް އެކުލަވާލުމެވެ.
ޔުމްނު ވެއްޓުނުއިރު އޭނާއާ އެކު އުޅުނު ރައުދު އަހުމަދު ޒިލާލް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ ޒުވާނުން މުޒާހަރާ ކުރަން ފެށި ފަހުން، ހާދިސާ ހިނގިތާ ހަ ދުވަސް ވެސް ފާއިތުވި ފަހުންނެވެ.
27 އޭޕްރިލް 2025, 1 ޛުލްޤަޢިދާ 1446, ހޯމަ | ނަކަތް: ބުރުނު
- ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ. ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވޭ.
- ވައިޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން، އުތުރުގެ އަތޮޅުތަކަށް 5 މޭލާއި 15 މޭލަށް، އަދި އެހެން ހިސާބުތަކަށް 8 މޭލާއި 18 މޭލުގެ ބާރުމިނުގައި ވައިޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވުން އެކަށީގެންވޭ.
- އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ. އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ. ވިލާގަނޑުގައި ކަނޑު ގަދަވާނެ.
- އުތުރު އަތޮޅުތަކުގައި ރާޅުގެ އުސްމިން ހުންނާނީ 2-5 ފޫޓުގައި، އެހެން ސަރަހައްދުތަކުގައި 3-6 ފޫޓުގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ