މާލެ ސަރަހައްދުގެ ފުރަތަމަ 5 ތަރީގެ ހޮޓެލް ބާސެލޯ ނަސަންދުރަ ރަސްމީކޮށް ހުޅުވައިފިއެވެ.
މިއީ މާލެ ސަރަހައްދުގައި ހުޅުވި މި ފެންވަރު ފުރަތަމަ އަދި އެންމެ ބޮޑު ހޮޓަލެވެ. ޒަމާނީ ގިނަ ޚިދުމަތްތަކާއި އެކު ސްޕެއިންގެ ބާސެލޯ ގްރޫޕުން ތަރައްޤީކުރި މި ހޮޓަލަކީ 16 ބުރީގެ ހޮޓަލެކެވެ.
ގާތްގަނޑަކަށް 90 މިލިއަން ޑޮލަރު ހަރަދު ކޮށްގެން ހެދި މި ހޮޓަލުގައި 126 ކޮޓަރި އާއި 118 ސާވިސް އެޕާޓްމަންޓް ހުރެ އެވެ. އެ އެޕާޓްމަންޓްތައް ދުވަހަށް ކުއްޔަށް ދޫކުރަން ވަނީ ނިންމައިފައެވެ.
ކުރީގެ ނަސަންދުރަ ޕެލެސް ހުރި ބިމުގައި “ބާސެލޯ ނަސަންދުރާ” ގެ ނަމުގައި ހެދި މި ހޮޓަލް ރަސްމީކޮށް ހުޅުއްވައި ދެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ތާރިޤު އިބްރާޙިމެވެ. ވަޒީރު ތާރިޤުގެ އިތުރުން ސަރުކާރުގެ ބައެއް ވަޒީރުންނާއި ޤައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރުންގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކާއި ދައުވަތު އެރުވިގެން ގިނަ ފަރާތްތަކުން ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.
މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ތާރިޤު އިބްރާހިމް ވަނީ ނަސަންދުރަ ހޮޓަލަކީ މާލެ ސަރަހައްދުގައި ފަތުރުވެރިކަމަށް އިންޤިލާބީ ބަދަލެއް ގެނުވި ތާރީޙެއް އޮތް ތަނެއްކަން ފާހަގަކުރައްވާފައެވެ. ވަޒީރު ވަނީ ބާސެލޯ ގްރޫޕުގެ ފަރާތުން ތަރައްޤީކޮށްފައިވާ މި ހޮޓަލަކީ އެތާރީޚު ދަމަހައްޓާތަނަކަށް ވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.
” މި ހޮޓަލަކީ ފަތުރުވެރިކަމުގެ ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް ގެނުވާނެ ޚިދުމަތްތަކެއް ފޯރުކޮށްދީ މަތީ ފެންވަރުގެ ފަތުރުވެރިކަން މާލެ ސަރަހައްދުގައި ފުޅާކުރުމަށް ހުޅުވިގެންދާ ދޮރެއް. ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ތާރިޤުގެ ވާހަކަފުޅުގައި ރާއްޖޭގެ ފަތުރުވެރިކަމަކީ ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައިވާ ސިނާޢަތެއް ކަމުން، އެ ސިނާޢަތުގެ ކާމިޔާބީތަކުގެ މައްޗަށް އިތުރު ކުރިއެރުންތަކެއް ހޯދުމަށް އަދުގެ ސަރުކާރުން މަސައްކަތް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ. އަދި މި މަސައްކަތުގައި އެންމެ ބޮޑު އިސްކަމެއް ދެނީ ދެމެހެއްޓެނި ފަތުރުވެރިކަމެއް ތަރައްޤީކުރުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.
“އަޅުގަނޑުމެން ވަރަށް އިސްކަމެއް ދޭ ދާއިރާތައް، ދެމެހެއްޓެނިކަން އިތުރުކުރަމަށް. މީގެ ތެރޭގައި ހަކަތައިގެ ދާއިރާއާއި ތިމާވެށްޓާއި ގުޅޭގޮތަށް ހިންގޭ މަސައްކަތްތަކާއި، ކުނި މެނޭޖް ކުރުމާއި ފެނުގެ ދާއިރާ ހިމެނޭ. އަޅުގަނޑުމެން އެދެނީ ބާސެލޯ ގްރޫޕުން މިކަންކަމުގައި އިސް ރޯލެއް އަދާކޮށް ދެމެހެއްޓެނި ފަތުރުވެރިކަމެއް ޕްރޮމޯޓް ކޮށްދިނުން.” ވަޒީރު ވިދާޅުވިއެވެ.
ބާސެލޯ ގްރޫޕުގެ ފަރާތުން މި ހަފްލާގައި ވާހަކަ ދައްކަވަމުން ހޮޓެލްގެ ޖެނެރަލް މެނޭޖަރ އެންރިކް ރެއިނާ ކެނިޓްރޮޓް ވިދާޅުވީ މި ހޮޓެލް ހުޅުވަނީ ފަޚުރުވެރިކަމާއެކު ރަނގަޅު ޚިދުމަތެއް ދިނުމުގެ އަމާޒުގައި ކަމަށެވެ. އަދި މި ތަނުގެ ސަބަބުން ރަނގަޅު މާނަހުރި ޚިދުމަތްތަކެއް ލިބޭނެ ކަމަށް އެ ގްރޫޕުން ޤަބޫލުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
“ބާސެލޯ ނަސަންދުރާ” ހިންގަނީ ސްޕެއިންގެ ހޮޓެލް ޗެއިނެއް ކަމަށްވާ ބާސެލޯއިންނެވެ. ޔޫއޭއީ އާއި ތައިލެންޑާއި ޔޫރަޕްގެ ގައުމުތަކުގައި ވެސް ހޮޓަލުގެ ވިޔަފާރި ހިންގާ ބާސެލޯ ގްރޫޕުން ރާއްޖޭގައި ހިންގާ މިއީ ދެވަނަ ތަނެވެ. އެ ގްރޫޕުން ހިންގާ ރިސޯޓެއް އދ. އަތޮޅުގައި އޮވެ އެވެ. އެއީ ބާސެލޯ ވޭލް ލެގޫން މޯލްޑިވްސް އެވެ.
މަގުބޫލު ލިޔުންތައް ފުލުހުންގެ ތަމްރީންގައި އުޅެނިކޮށް ހާލުދެރަވި ޒުވާނާ ނިޔާވެއްޖެ ގެސްޓްހައުސްއެއްގައި މަރުވެފައި އޮއްވާ ފެނުނު ޒުވާނާގެ އޮޓޮޕްސީ ހަދައިފި އެމްޓީސީސީއިން ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތު ހުޅުވާލައިފި ޔުމްނު މެލޭޝިއާއަށް ފުރަން ހުރިހާ ކަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ