ވޮލީގެ ކުރީގެ ކެޕްޓަން އަދި ލެޖެންޑް ކޮއްކޮ ނިޔާވެއްޖެ

ދިވެހި ގައުމީ ވޮލީ ޓީމުގެ ކުރީގެ ކެޕްޓަން އަދި ވޮލީގެ ލެޖެންޑް އިބްރާހިމް އާދިލް (ކޮއްކޮ) ނިޔާވެއްޖެ އެވެ.
ކޮއްކޮ ނިޔާވީ ކެންސަރަށް ފަރުވާ ހޯދަމުން ދަނިކޮށެވެ. އެ ބައްޔަށް ފަރުވާ ހޯދަމުންދާތާ ދުވަސްތަކެއް ވެއްޖެ އެވެ.
ރާއްޖޭގެ އެންމެ މޮޅު ވޮލީ ބޯޅަ ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައިވާ ކޮއްކޮ އަކީ ވޮލީގެ ދަނޑުގައި އެންމެ ފާހަގަކޮށްލެވުނު އަދި ދިވެހި ވޮލީ ލެޖެންޓުންގެ ތެރޭގައި ހިމެނޭ ކުޅުންތެރި އެކެވެ. ވޮލީގެ ގިނަ ކުލަބުތަކަށް ރަން ކާމިޔާބީތަކެއް ހޯދާފައިވާ ކޮއްކޮ އަކީ ވަރަށް އަހްލާގު ރަނގަޅު ކުޅުންތެރީންގެ ލީޑަރެވެ.
އޭނާ ވަނީ ގައުމީ ޓީމުގެ ކެޕްޓަންކަން ކޮށްފައިވެ އެވެ. ގާތްގަނޑަކަށް ވިއްސަކަށް އަހަރު ކުޅިވަރުގެ ދަނޑުގައި ހޭދަކުރި އެވެ.
ކޮއްކޮ ނިޔާވުމާއި ގުޅިގެން ކުޅިވަރުގެ ޝަހުސިއްޔަތުންނާއި ވަރަށް ގިނަ ބަޔަކު ދަނީ ހިތާމަ ފާޅު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ