ވެންޓިލޭޓަރު ޚިޔާނާތް: ދުބާއީގެ ވަކީލުންނަށް 208,500 ރުފިޔާ ޚަރަދުވި
ކޮވިޑް-19ގެ ދުވަސްވަރު ދުބާއީ ކުންފުންޏަކަށް ފައިސާ ދެއްކި ނަމަވެސް އޯޑަރުކުރި ވެންޓިލޭޓަރުތައް ނުލިބުނު މައްސަލަ ޔޫއޭއީގެ ކޯޓަކަށް ހުށަހަޅައިގެން ކުރިއަށްގެންދިޔުމަށް، ދުބާއީގެ ވަކީލުން އައްޔަންކުރަން ގާތްގަނޑަކަށް 50،000 އޭއީޑީ ނުވަތަ 208,500 ރުފިޔާ ޚަރަދުވި ކަމަށް ލަފާކުރެވޭ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުއްވެއްޖެއެވެ. މިދިޔަ ހަފުތާގައި، ދުބާއީގެ ކޯޓަކުން ވަނީ، ކޮވިޑް-19ގެ ދުވަސްވަރު ދިވެހި ސަރުކާރުން ވެންޓިލޭޓަރު ހޯދުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއަށް ފައިސާ ދެއްކި ނަމަވެސް، އޯޑަރުކުރި ވެންޓިލޭޓަރުތައް ނުލިބުނު މައްސަލައިގައި, އެ ކުންފުނި ދިވެހި ސަރުކާރަށް 37 މިލިއަން ރުފިޔާ ދައްކަން އަމުރުކޮށްފައެވެ. އެ މައްސަލައިގައި އިތުރު ބައެއް ތަފުސީލުތައް އޭޖީ އުޝާމް މިއަދު ވަނީ، ރައްޔިތުންގެ މަޖިލީހުގައި ހިއްސާކުރައްވާފައެވެ. ވެންޓިލޭޓަރު މައްސަލައިގައި އޭސީސީން ދައުވާކުރަން އެދި ފޮނުވި 11 މީހުންގެ ތެރޭގައި ހިމެނޭ މިނިސްޓަރު އަބްދުﷲ އަމީން (މ)، ފިނޭންސް އެކްޒެކެޓިވް އަހްމަދު އަސްލަމް (ކ) އަދި ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދު (ވ) -- ސަން ފޮޓޯ އޭނާ ވިދާޅުވީ ވެންޓިލޭޓަރު މައްސަލައިގެ ފައިސާތައް ހޯދުމަށްޓަކައި ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. ދުބާއީގެ ކުންފުނިން އެ ފައިސާ ދެއްކުމަށް ކޯޓުން އަމުރުކޮށްފައިވާއިރު، އެ ފައިސާ ނުދައްކައިފިނަމަ އިތުރު ފިޔަވަޅުތައް އަޅާނެ ކަމަށް އޭޖީ ވަނީ ވިދާޅުވެފައެވެ. އެކަން ކުރިއަށް ގެންދާނީ އެ ކުންފުނީގެ ހިއްސާދާރުންގެ މުދާ ހުރިތޯ ބެލުމަށް ފަހު، ދުބާއީގެ ގާނޫނުތަކާ ގަވައިދުތަކާ އެއްގޮތްވާ ގޮތަށް ކަން އުޝާމް ފާހަގަކުރެއްވިއެވެ. އަޅުގަނޑުމެން މިހާތަނަށް ކޯޓަށް އެ މައްސަލަ ހުށަހަޅައިގެން އަޅުގަނޑަށް ލަފާކުރެވެނީ [މިއީ ސީދާ އަދަދެއް ނޫން] ގާތްގަނޑަކަށް 50،000 އޭއީޑީ މިހާތަނަށް އަޅުގަނޑުމެނަށް ޚަރަދުވެއްޖެޔޭ ދުބާއީގެ ވަކީލުން އައްޔަނުކުރުމަށްބަންޑާރަ ނައިބު އަހުމަދު އުޝާމް ކޮވިޑާ ގުޅިގެން ބޭނުންވި ވެންޓިލޭޓަރުތައް ގެންނަން އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ އެކު ހެލްތު މިނިސްޓްރީން އެއްބަސްވުން ހެދީ އޭޕްރީލް 2، 2020 ގައެވެ. އެ އެއްބަސްވުމުގެ ދަށުން 75 ވެންޓިލޭޓަރު ފޯރުކޮށްދޭން ޖެހޭ ނަމަވެސް އެ ކުންފުނިން ފޮނުވައިފައިވަނީ 10 ވެންޓިލޭޓަރެވެ. ނަމަވެސް، އެ ތަކެތި ގަތުމަށް ޚަރަދު ކުރަން ނިންމާފައިވާ 34 މިލިއަން ރުފިޔާގެ ތެރެއިން އެޑްވާންސްގެ ގޮތުގައި ބޭންކް ގެރެންޓީއާ ނުލައި 30 މިލިއަން ރުފިޔާ ވަނީ އެގްޒެކިއުޓާސްއަށް ދޫކޮށްފައެވެ. https://sun.mv/212398 އެ މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން މީގެ ކުރިން ވަނީ ފަސް ފަހަރެއްގެ މަތިން ދައުވާކުރަން ފޮނުވައިފައެވެ. އެކަމަކު، އުންސުރުތައް ހަމަނުވާ ކަމަށް ބުނެ، ކޮންމެ ފަހަރަކު ވެސް ޕީޖީން ވަނީ އެ މައްސަލަ އަނބުރާ ތަހުގީގުކުރަން ފޮނުވާލައިފައެވެ. ކުރީގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ހިމެނޭހެން 10 މުވައްޒަފެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ހަތަރު ފަހަރެެއްގެ މަތިން ޕީޖީއަށް ފޮނުވުމުން ވެސް ވަނީ ތަހުގީގު ފުރިހަމަނުވާ ކަމަށް ބުނެ އަނބުރާ ފޮނުވާލާފައެވެ. އެހެންވެ، އެ ކޮމިޝަނުން ވަނީ ކުރީގެ މިނިސްޓަރު އަމީން ހިމެނޭހެން އަށް މީހެއްގެ މައްސަލަ ފައިލްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ