ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯގައި ކުޅުނު ސައުތު އޭޝިއަން ސުޕަ ކަޕް 2025 ގެ ޗެމްޕިއަންކަން ރާއްޖޭގެ ޤައުމީ ޓީމުން މިއަދު ހޯދުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އެ ޓީމަށް ހެޔޮއެދުމާއި ސާބަސް ދަންނަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ގައުމީ ޓީމަށް ސާބަސް ދެއްވާފައި ވަނީ، ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ރައީސް ވިދާޅުވީ، ސައުތު އޭޝިއަން ސުޕަރކަޕްގައި، ދިވެހި ޤައުމީ ޓީމު ހޯދި މި ކާމިޔާބީއަށް ފަޚުރުވެރިވެ، އައްސަރިބަހާއި ހިތުގެ އިޚްލާޞްތެރި ސާބަސް ދަންނަވާ ކަމަށެވެ.
ރާއްޖެއިން ސައުތު އޭޝިއަން ސުޕަ ކަޕް 2025 ގެ ޗެމްޕިއަންކަން ހޯދީ ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯގެ ރޭސްކޯސް ސްޓޭޑިއަމުގައި ލަންކާގެ ޤައުމީ ޓީމާ ދެކޮޅަށް ކުޅުނު ދެ ލެގު 4-1 ގެ އެގްރިގޭޓް ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.
ލަންކާގެ މައްޗަށް ކުރި ހޯދާ ސައުތު އޭޝިއަން ސުޕަ ކަޕްގެ ތަށި ރާއްޖެ ހޯދުމުން ރައީސް މަރުހަބާ ދަންނަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ