ޒެންޑޭއާ އިވެންޓެއްގައި ބޭނުންކުރި 35 ޑޮލަރުގެ ޓީ-ޝާޓަށް ބޮޑު ސަމާލުކަމެއް
ހޮލީވުޑްގެ ޒުވާން ބަތަލާ ޒެންޑޭއާ ދާދިފަހުން ބައިވެރިވި ޕްރޮމޯޝަނަލް އިވެންޓެއްގައި 35 ޑޮލަރުގެ ސްޕައިޑަރ-މޭން ޓީޝާޓެއްގައި ފެނިލުމުން ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ހުއްޓިއްޖެއެވެ. ފްރާންސްގެ ޕެރިހުގައި ބޭއްވި "ސްޕައިޑަރ-މޭން: ބްރޭންޑް ނިއު ޑޭ"ގެ ފޮޓޯކޯލް އިވެންޓަށް މަޝްހޫރު ބަތަލާ ހާޒިރުވީ 35 ޑޮލަރުގެ އާދައިގެ ސްޕައިޑަރ-މޭން ޓީޝާޓެއްގައެވެ. މި އިވެންޓުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާއެކު، ޒެންޑޭއާގެ މި އާދައިގެ ނަމަވެސް ހިތްގައިމު ހެދުމަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ. ޒެންޑޭއާގެ ސްޓައިލިސްޓް ލޯ ރޯޗް ފަހުން ހާމަކުރި ގޮތުގައި، އެ ޓީޝާޓް ބަތަލާ ގަނެފައި ވަނީ އީ-ބޭ މެދުވެރިކޮށް އެންމެ 34.99 ޑޮލަރަށް ކަމަށެވެ. އިންސްޓަގްރާމްގައި އެ ޓީޝާޓުގެ އަސްލު ލިސްޓިންގެ ސްކްރީންޝޮޓެއް ހިއްސާކުރަމުން ރޯޗް ބުނެފައިވަނީ، ސްޓައިލިޝްކޮށް ހުރުމަކީ އަބަދު ބޮޑު ހޭދައެއް ކުރަންޖެހޭ ކަމެއް ނޫންކަމަށެވެ. މި ޓީޝާޓަކީ "ޓޫ އެކްސްއެލް" ސައިޒުގެ އެއްޗަކަށް ވުމުން، ޒެންޑޭއާ ވަނީ އެ ބޭނުންކޮށްގެން ކުރު ހެދުމެއްގެ ސިފަ އެއަށް ގެނުވައިދީފައެވެ. އީ-ބޭގެ ލިސްޓިންގައިވާ ގޮތުން މިއީ ކުރިން ބޭނުންކޮށްފައިވާ، ނަމަވެސް ރަނގަޅު ހާލަތެއްގައި ހުރި އެއްޗެކެވެ. ޒެންޑޭއާ ޓޮމް ހޮލެންޑާ އެކު--ފޮޓޯ/އެންޑީޓީވީ ޒެންޑޭއާ މި ޓީޝާޓުގައި ފެނިލުމާ ގުޅިގެން، އޮންލައިންކޮށް މިފަދަ ޓީޝާޓުތައް ހޯދާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިހާރު މިފަދަ ބައެއް ޓީޝާޓުތަކުގެ އަގު 200 ޑޮލަރަށް ވުރެ މައްޗަށް ވަނީ އަރާފައެވެ. މި އަންނަ މަހުގެ 30 ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ތައްޔާރަށް އޮތް "ސްޕައިޑަރ-މޭން: ބްރޭންޑް ނިއު ޑޭ"އިން ޒެންޑޭއާ އެކު ބަތަލާގެ ފިރިމީހާ އެކްޓަރު ޓޮމް ހޮލެންޑް ވެސް ފެންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ