130 ކިލޯގެ ޑުރަގު މައްސަލައިގައި ހައްޔަރު ކުރުމަށް ފަހު، ދޫކޮށްލި ޝަހީބު އަދިވެސް ނުފެނޭ
ހުޅުމާލޭ ފަޅު ތެރޭ އަޅާފައި އޮތް ކަންނެލި ދޯންޏަކުން 2020 ވަނަ އަހަރު ހޯދި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި އިސްކޮށް ޝާމިލުވާ ކަމަށް ފުލުހުން ތުހުމަތު ކުރި، ޝަހީބު އިބްރާހީމް އަދިވެސް ނުފެންނަ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިކުރުމަށް އޭނާ ހޯދުމަށް ފުލުހުން ފުރަތަމަ އިއުލާނުކުރީ، މިދިޔަ ހޮނިހިރު ދުވަހެވެ. އޭގެފަހުން ފުލުހުން މިއަދު ވަނީ، އޭނާ ނުފެންނާތީ ދެވަނަ ފަހަރަށް ހޯދުމަށް އިއުލާނުކޮށްފައެވެ. މިއަދު ފުލުހުން ބުނީ، ޝަހީބު ހޯދަނީ، އޭނާގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ އެކަން ކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން މިމަހު 23ގައި 18:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ކަމަށެވެ. އެހެންވެ، އޭނާއާ ގުޅޭ މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައިގެން ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ. ފާހަގަކުރެވޭ ގޮތުގައި، ދެހާސް ވިހި ވަނަ އަހަރުގެ އޮކްޓޯބަރު 12 ވަނަ ދުވަހު، ހުޅުމާލޭ ފަޅުގައި އޮތް މަސް ދޯންޏަކުން ފުލުހުން ވަނީ 130 ކިލޯގެ މަސްތުވާތަކެތި ހޯދައިފައެވެ. އެ މައްސަލައިގައި ޝަހީބު ހިމެނޭ ގޮތަށް، އެ މަސް ތެރޭގައި ފުލުހުން ހަތް މީހަކު ހައްޔަރުކުރިއެވެ. އޭގެ ތެރެއިން މައްސަލައިގައި އިސްކޮށް ހުރި ކަމަށް ފުލުހުން ތުހުމަތު ކުރީ ޝަހީބާއި ހއ. ހޯރަފުށީ ވައިލެޓްވިލާ އަޙްމަދު މޫސާއެވެ. https://sun.mv/163908 އޭގެ ތެރެއިން ޝަހީބް، ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނިލް ކޯޓުން އަމުރުކުރިއެވެ. އެ މައްސަލަ ހައިކޯޓާއި ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ އަމުރު ވަނީ ދަމަހައްޓައިފައެވެ. ނަމަވެސް އޭޕްރިލް 6، 2022ގައި ކްރިމިނަލް ކޯޓުން ޝަހީބާއި އަހުމަދު މޫސާ ވަނީ ދޫކޮށްލައިފައެވެ. އެ ދެ މީހުން ދޫކޮށްލި އަޑުއެހުމުގައި ގާޒީ ވިދާޅުވީ ދެ މީހުންގެ ބޭސްފަރުވާގެ ކަންކަން ކުރިއަށް ގެންދިއުމަށް އޭގެ ކުރިން ދައުލަތަށް ގިނަ ފުރުސަތުތަކެއް ދީފައިވާނެކަމަށެވެ. އެހެންކަމުން ދައުލަތުން އެކަންކޮށްފައި ނުވާތީ ބޭސްފަރުވާއަށް އެ ދެމީހުން ދެ މަސްދުވަހަށް ބަންދުން ދޫކޮށްލަން ނިންމީ ކަމަށް ގާޒީ ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ