ތަރިކައިގެ ދާއިރާ ތަމްސީލުކުރާ އީޖާދީ ގޮތްތަކަށް މިނިސްޓްރީން އަހުލުވެރިވެ، ރާއްޖެއަށް ތައާރަފުކުރަނީ
ދުނިޔޭގައި ތަރިކައިގެ ދާއިރާ ތަމްސީލުކުރާ އުފެއްދުންތެރި, އިޖާދީ ގޮތްތަކަށް އަހުލުވެރިވެ، ރާއްޖެއަށް އެ ގޮތްތައް ތައާރަފުކުރަން މަސައްކަތްކުރާނެ ކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ. އެކި ގައުމުތަކުގެ ސަގާފަތް ދެއްކުމަށް، ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގައި ބާއްވާ ފޯރަމެއް ޝަރަފުވެރިކޮށްދެއްވުމަށް، އާދަމް ނަޞީރު ވަނީ އެ ގައުމަށް ވަޑައިގެންފައެވެ. މިނިސްޓަރު ވަޑައިގަތީ، ޔޫއޭއީގެ ޝާރްޖާ އިންސްޓިޓިއުޓް އޮފް ހެރިޓޭޖުން ބާއްވާ 'ޝާރުޖާ ނެރޭޓާސް ފޯރަމް'ގެ 25ވަނަ ސެޝަނަށެވެ. އެ ފޯރަމްގެ އިއްޔެ ހެނދުނުގެ ދަންފަޅީގައި ވަޒީރު ވަނީ ތާނަ އަކުރާއި، އަރަބި އަކުރާ ހުރި ގުޅުމުގެ މައްޗަށް ހުށަހެޅުމެއް ހުށަހަޅުއްވާފައެވެ. ވަޒީރު ފޯރަމްގައި ބައިވެރިވަޑައިގަންނަވަނީ: ތަރިކައިގެ ދާއިރާގައި ދުނިޔޭގައި ތަމްސީލުކުރާ އީޖާދީ އައު ގޮތްތަކަށް އަހުލުވެރިވެ، ރާއްޖެއަށް ތައާރަފުކުރަނީ ---- އެ ވުޒާރާއިން ބުނީ، ޔޫއޭއީ ސަރުކާރުން ހުރިިހާ ޚަރަދެއް ހަމަޖައްސައިފައިވާ މި ދަތުރުގައި ވަޒީރު އަރިހުގައި ދިވެހި ގައުމިއްޔަތުގެ ތާރީޚު އިސްވާރު، ކަށިިމާ އަޙްމަދު ޝާކިރާއި ދިވެހި ޤައުމިއްޔަތުގެ ފަންނުވަރުގެ އިސްވާރު ޢިޝާ ޢަބްދުލްޢަޒީޒު ބައިވެރިވެވަޑައިގަތް ކަމަށެވެ. ވަޒީރު ވިދާޅުވީ އެ ބޭފުޅުން ދަތުރުގައި ބައިވެރިވެވަޑައިގަތީ، ފޯރަމުގައި ވާހަކަ ހުށަހެޅުއްވުމުގެ އިތުރުން، ޒަމާނީ ޓެކްނޮލޮޖީއާއި ޢިލްމީ އައު ވިސްނުންތަކާއެކު، ދުނިޔޭގައި ތަރިކައިގެ ދާއިރާ ތަމްސީލުކުރާ އުފެއްދުންތެރި އީޖާދީ އާ ގޮތްތަކަށް އަހުލުވެރިވެވަޑައިގެން، ރާއްޖެއަށް އެ ގޮތްތައް ތަޢާރަފުކުރެއްވުމަށް ކަމަށެވެ. ވަޒީރު މި ދަތުރުފުޅު ކުރައްވާނީ އަންނަ ހުކުރު ދުވަހުގެ ނިޔަލަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ