8 އަހަރު ކުރިން އިމާރާތްކުރި ވިލުފުށީ ބޮޑު މިސްކިތަކީ އިސްލާމީ މަރުކަޒެއް ކަމަށް ރައީސް ކަނޑައަޅުއްވަައިފި

މީގެ އަށް އަހަރު ކުރިން އިމާރާތްކޮށްފައިވާ، ތ. ވިލުފުށީ މަސްޖިދު ޢުމަރު ފާރޫގް މިސްކިތް، އިސްލާމީ މަރުކަޒެއް ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ކަނޑައަޅުއްވައިފިއެވެ. ރައީސް ރަށްރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، ވިލުފުށްޓަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ވަނީ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުވުމުގެ ތެރެއިން އެ މަނިކުފާނު ވަނީ ވިލުފުށީގެ މަސްޖިދު ޢުމަރު ފާރޫގް، އިސްލާމީ މަރުކަޒަކަށް ބަދަލުކުރައްވާނެކަން އިއުލާންކުރައްވައިފައެވެ. "މިރަށުގެ ހުރި މިސްކިތް އިސްލާމީ މަރުކަޒަކަށް ހެދުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީއާ ގުޅިގެން ކުރިއަށް އެބަދޭ. ކުރިއަށް އޮތް ތަނުގައި އެ މިސްކިތް އިސްލާމީ މަރުކަޒަކަށް ބަދަލުވެގެންދާނެ." އެ މަނިކުފާނު ވިދާޅުވިއެވެ. ތ. ވިލުފުށީ މަސްޖިދު ޢުމަރު ފާރޫޤް: އެ މިސްކިތަކީ އިސްލާމީ މަރުކަޒެއް ކަމަށް ރައީސް ވަނަ ކަނޑައަޅުއްވައިފައި -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ ރައީސް ވިދާޅުވީ އެ ބަދަލު ގެންނަން، މިސްކިތަށް ބޭނުންވާ ލައިބްރަރީއާއި ކްލާސްރޫމާއި އެހެނިހެން ވަސީލަތްތައް ގާއިމުކުރާނެ ކަމަށެވެ. އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި، ރައީސް އެގޮތަށް ނިންމެވީ ވިލުފުށީ ރައްޔިތުންގެ އެދުމުގެ މަތިންނެވެ. https://sun.mv/98455 އެ މިނިސްޓްރީން ބުނި ގޮތުގައި އެ މިސްކިތުގައި މިހާރު އަންނަނީ ގުރުއާނާ ބެހޭ މަރުކަޒުގެ އައުޓްރީޗް ސެންޓަރެއް ހިންގަމުންނެވެ. އަދި ބޭރުގެ ޓީޗަރެއް ކިޔަވައިދެއްވާ، ގްރުއާން ހިފްޒު ކުރުމުގެ ޕްރޮގްރާމެއް ވެސް މިސްކިތުގައި ހިންގާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. ރައީސް ވިލުފުށީގައި: އެ ރަށުގެ މިސްކިތް ކުރިއަށް އޮތް ތަނުގައި އިސްލާމީ މަރުކަޒަކަށް ބަދަލުކުރާނެކަން އިއުލާންކުރެއްވި -- ފޮޓޯ/ ރައީސް އޮފީސް އެއްހާސް މީހުންގެ އާބާދީއެއް އޮންނަ ވިލުފުށީގެ މަސްޖިދު ޢުމަރު ފާރޫގް މިސްކިތަކީ ރާއްޖޭގައި ދެވަނައަށް އެންމެ ބޮޑު މިސްކިތެވެ. މިއީ ނަލަހިޔާ ގްރޫޕްގެ ފަރާތުން ތ. ވިލުފުށީގައި ބިނާކޮށްފައިވާ މިސްކިތެކެވެ. އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ވަނީ އެއީ 5،000 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށާއި، އެ މިސްކިތް ބިނާ ކުރުމަށް ހޭދަވީ ތިން އަހަރު ކަމަށް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ