ތ. ވިލުފުށީ މަސްޖިދު ޢުމަރު ފާރޫޤް އިސްލާމީ މަރުކަޒެއް ކަމުގައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ.
މިގޮތަށް ކަނޑައަޅުއްވާ އެކަން އިޢުލާން ކުރެއްވީ މިރޭ އެރަށު ރައްޔިތުންނާއި ބައްދަލުކުރެއްްވުމަށް ބޭއްވެވި ޖަލްސާގައެވެ. މި ނިންމުން ނިންމަވާ، އެތަނަށް ބޭނުންވާ ލައިބްރަރީއާއި ކްލާސްރޫމާއި އެހެނިހެން ވަސީލަތްތައް ޤާއިމްކުރައްވާނެކަމަށް ރައީސުލްޖުމުހޫރިއްޔާ ވަނީ މިރޭ އިޢުލާން ކުރައްވާފައެވެ.
މިއީ ވިލުފުށީ ރައްޔިތުންގެ އެދުމުގެ މަތިން ރައީސުލްޖުމުހޫރިއްޔާ ނިންމެވި ނިންމެވުމެއްކަން ފާހަގަކޮށްލެވެއެވެ.
މި މިސްކިތުގައި ޤުރުއާނާއި ބެހޭ މަރުކަޒުގެ އައުޓްރީޗް ސެންޓަރެއް ދަނީ ހިންގަމުންނެވެ. އަދި ޤްރުއާން ހިފްޒު ކުރުމުގެ ޕްރޮގްރާމް ކުރިއަށްދާއިރު ރާއްޖޭން ބޭރު ޓީޗަރެއް މަރުކަޒުގެ ބެލުމުގެ ދަށުން ކިޔަވައިދެމުންދެއެވެ.
ވިލުފުށީ މަސްޖިދު ޢުމަރު ފާރޫޤް މިސްކިތަކީ ރާއްޖޭގައި ދެވަނައަށް އެންމެ ބޮޑު މިސްކިތެވެ. މިއީ ނަލަހިޔާ ގްރޫޕްގެ ފަރާތުން ތ. ވިލުފުށީގައި ބިނާކޮށްފައިވާ މިސްކިތެކެވެ.
ވިލުފުށީ މަސްޖިދު ޢުމަރު ފާރޫޤް އިސްލާމީ މަރުކަޒެއް ކަމުގައި ކަނޑައަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ