އަހަރަކު 10 މިލިޔަން ރުފިޔާ ލިބޭ ވަގުފް އިމާރާތުގެ މަސައްކަތް ހަވާލުކޮށްފި

މާލޭގައި 12 ބުރީގެ ވަގުފު ބިލްޑިންއެއް އަޅަން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަންއާ އިސްލާމިކް މިނިސްޓްރީން ހަވާލުކޮށްފި އެވެ.ދާރުލް އަރްގަމް އިމާރާތް އެޅުމަށް އިސްލާމިކް މިނިސްޓްރީން ނިންމާފައި ވަނީ ބުރުޒު މަގުގެ ހެންވޭރުކޮޅުގަ އެވެ. 2000 އަކަފޫޓުގެ އެ ބިމުގައި ދާރުލް އަރްގަމް އިމާރާތް ކުރުމުގެ ޕްރޮޖެކްޓު އާރުސީސީއާ ހަވާލުކޮށްފައި ވަނީ 39.4 މިލިއަން ރުފިޔާއަށް 540 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ. އެ ޕްރޮޖެކްޓަށް ފަންޑު ކުރަނީ ބީއެމްއެލް އިސްލާމިކުންނެވެ.އެ އިމާރާތް އަޅައި ނިމުމުން، އަހަރެއްގެ މައްޗަށް 10،817،820ރ. ލިބޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން އަންދާޒާ ކުރެ އެވެ. އެ އިމާރާތުން ލިބޭ ފައިސާގެ ތެރެއިން 20 ޕަސެންޓު ދޭން ނިންމާފައި ވަނީ ދިވެހިރާއްޖޭގެ ޒަކާތު ހައުސް އަށެވެ. ބާކީ 80 ޕަސެންޓު ދޭނީ ދީނީ ކަންތައްތަކަށް އެހީވާ ވަގުފު ފަންޑަށެވެ.ދާރުލްއަރުގަމްގެ އިތުރުން ހުޅުމާލޭގައި ވަގުފް އިމާރާތަކާއި މާލޭގައި ގުރުއާނަށް ހާއްސަ އެ ފަދަ އިމާރާތެއް އެޅުމަށް ވަނީ ނިންމާފަ އެވެ. އަދި އައްޑު އާއި ފުވައްމުލަކާއި ގދ. ތިނަދޫ އާއި ހދ. ކުޅުދުއްފުށީގެ އިތުރުން ގއ. ވިލިގިނލީގައި ވެސް ވަގްފު މަޝްރޫއުތައް ފެށުމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ ނިންމަވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ