މީގެ މަހެއް ކުރިން ހެކުކޮށް އެހެން ބައެއްގެ ވީޑިއޯތަކެއް އަޕްލޯޑުކުރުމުން ރިމޫވްކުރި ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް ރިކަވާކޮށްފި އެވެ.
ޔޫޓިއުބުން އެ ޗެނަލް ރިމޫވްކޮށްލީ ސެޕްޓެމްބަރު 23، ގަ އެވެ. އޭރު ރައީސް މުހައްމަދު މުއިއްޒު ހުންނެވީ އަތޮޅު ތެރެއަށް ކުރެއްވި ދަތުރެއްގައި މ. އަތޮޅުގަ އެވެ.
މި ނޫހުން މިއަދު ބެލިއިރު ޔޫޓިއުބް ޗެނަލް ވަނީ ރިކަވާކޮށްފަ އެވެ. ނަމަވެސް ވޭތުވެދިޔަ މަހެއްހާ ދުވަހު މުއިއްޒު ކުރެއްވި ދަތުރުތަކާއި ބައިވެރިވި ރަސްމިއްޔާތުތަކުގެ ވީޑިއޯތައް މިހާތަނަށް ރައީސް އޮފީހުން ޔޫޓިއުބަށް އަޕްލޯޑުކޮށްފައެއް ނުވެ އެވެ.
ޗެނަލް ރިމޫވް ކުރި ދުވަހު އަދަދު ނޫހުން ސުވާލުކުރުމުން ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލު ވިދާޅުވީ، މިކަން ދިމާވި ސަބަބު ދެނެގަތުމަށް ސައިބާ ސެކިއުރިޓީ އާއި ބެހޭ ބޭފުޅުން ބަލަމުންދާ ކަމަށެވެ. މިކަން ދިމާވި ސަބަބެއް އެނގޭނީ އެބޭފުޅުންގެ މަސައްކަތް ނިމުމުން ކަމަށް ވެސް ހަލީލު ވިދާޅުވި އެވެ. އެ ސަބަބެއް އަދިވެސް ހާމައެއް ނުކުރެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ސްޕީޗުތައް ހިމެނޭހެން އެތައް އަހަރެއްގެ ވީޑިއޯ ހިމެނޭ ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް ރިމޫވްކުރި ސަބަބެއްގެ ގޮތުގައި ޔޫޓިއުބުން ފުރަތަމަ ޑިސްޕްލޭ ކުރީ ޔޫޓިއުބުގެ ކޮމިއުނިޓީ ގައިޑްލައިންސްއާ ހިލާފުވުމެވެ.
އިތުރަށް ބެލި ބެލުމުން، ޗެނަލް ހެކުކޮށް ކްރިޕްޓޯ ކަރަންސީ އާއި ޓްރޭޑް ކުރުމާ ގުޅޭ ވީޑިއޯތަކެއް އަޕްލޯޑުކުރިކަން އެނގުނެވެ.
ސަރުކާރުގެ އެންމެ މަތީ އޮފީހުގެ ރަސްމީ ޗެނަލެއް ހެކުކޮށް، ވުޖޫދުން ދުއްވާލުމާއި ގުޅިގެން އެ އޮފީހުން އަދި ސަރުކާރުގެ ޑިޖިޓަލް ސެކިއުރިޓީ އާއި ގުޅޭ އެއްވެސް އިދާރާއަކުން މިހާތަނަށް ރަސްމީ ބަހެއް ބުނެފައެއް ނުވެ އެވެ.
މަހެއް ފަހުން ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް ރިކަވާކޮށްފި މަހެއް ފަހުން ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް ރިކަވާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ