ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކުރި ކަމުގެ ތުހުމަތުގައި ހުޅުމާލެއިން ތިން މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
އެ މައްސަލައިގައި ހައްޔަރުކުރީ ބަންގްލަދޭޝްއަށް ނިސްބަތްވާ، އެމްޑީ ރިޔާސް އުއްދީން، 19، އާއި އެމްޑީ އަޝްރަފުލް އަލަމް، 27، އަދި ޕާކިސްތާނުގެ ރައްޔިތެއް ކަމަށްވާ ޔާސިރު ހަމީދު، 24 ކަމަށް ފުލުހުން ބުންޏެވެ.
އެ ތިން މީހުން ވެސް ހައްޔަރުކޮށްފައި ވަނީ ރޭ ދަންވަރު ހުޅުމާލެ ފޭސް އެކަކުން ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ ހުޅުމާލެ ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންތަކަކަށް 100 ވަނަ ފްލެޓު ކައިރީގައި އެ ތިން މީހުން ފޮށިގަނޑުތަކެއް ގެންގުޅޭތީ ތުހުމަތު ކުރެވިގެން ބަލައިފާސްކުރިއިރު އޭގައި ހުރީ ބަނގުރާ ކަމަށެވެ.
އެ ފޮށިގަނޑުތަކުގައި 500 މިލިލީޓަރުގެ 232 ފުޅި ހުރި ކަމަށް ފުލުހުން ބުންޏެވެ. އަދި އެތަނުން އެކަކު ދިރިއުޅޭ އެޕާޓުމެންޓު ބަލައި ފާސްކުރިއިރު، އެތަނުން 500 މިލިލީޓަރުގެ 49 ފުޅި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ބަނގުރަލުގެ ވިޔަފާރިކުރި ކަމުގެ ތުހުމަތުގައި ތިން މީހުން ހައްޔަރުކޮށްފި ބަނގުރަލުގެ ވިޔަފާރިކުރި ކަމުގެ ތުހުމަތުގައި ތިން މީހުން ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ