އިއްޔެގެ އިއުލާނު ބާތިލް؛ ޓެކްސް ޓްރައިބިއުނަލްގެ މެންބަރު ކަމުގެ ފަސް މަގާމަށް އަލުން ހުޅުވާލައިފި

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް އިއްޔެ ކޮށްފައިވާ އިއުލާން ބާތިލުކޮށްފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބުނީ އިއްޔެގެ އިއުލާނު ބާތިލުކޮށް މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު، މިއަދު އަލުން ހުޅުވާލާފައިވާ ކަމަށެވެ. އިއްޔެގެ އިއުލާނު ބާތިލުކުރީ އޭރު ހުޅުވާލާފައި އޮތީ މެންބަރުންގެ ހަތަރު މަގާމަށް ކަމަށް ވާތީ ކަމަށް ބެލެވެ އެވެ.
ރައީސް އޮފީހުން އޮފީހުން މިއަދު ބުނީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ފަސް މެންބަރުންގެ މެންބަރުކަމުގެ މުއްދަތު ހަމަވާތީ، އެ ކޮމިޝަނަށް މެންބަރުން އައްޔަންކުރުމަށް މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު، މިއަދުން ފެށިގެން އަންނަ މަހުގެ ހައެއްވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ނިޔަލަށް މިހާރު ވަނީ އަލުން ހުޅުވާލާފައި ކަމަށެވެ.
މެންބަރުކަމަށް އެދި ހުށައަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިކަމަށް ކުރިމަތިލުމަށް ކަނޑައެޅިފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމާ ގުޅޭ ފޯމުތައް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ