ޖިބިއްލީގެ ކާމިޔާބީ ފާހަގަކުރަން މަހިބަދޫގައި މިރޭ ހަވާއަރުވަނީ

ޖިބިއްލީ ސްޕޯޓްސް ކްލަބުން އދ. މަހިބަދޫ ޒުވާނުންގެ 22 ވަނަ ފުޓުބޯޅަ މުބާރާތުގެ ޗެންޕިއަންކަން ވިދިވިދިގެން ތިންފަހަރުކޮށް މުބާރާތުގެ ތަށި މިލްކު ކުރުމާއި ގުޅިގެން އެކަމުގެ އުފަލުގައި މަހިބަދޫގައި މިރޭ ހަވާއަރުވަން ނިންމައިފިއެވެ. 
ޖިބިއްލީގެ ފަރާތުން ވޮއިސް އަށް މައުލޫމާތު ދިން ގޮތުގައި ހަވާ އަރުވަން ހަމަޖެހިފައިވަނީ 9:05 ކަންހާއިރު ކަމަށެވެ. އަދި ހަވާ އަރުވާނީ މަހިބަދޫ ޕެލޭ ސްޑޭޑިއަމާ ދިމާލުގައި އޮންނަ ބީޗު ސަރަހައްދުގައި ކަމަށެވެ. 
ނޮވެންބަރު 21 ވަނަ ދުވަހު، ކުޅެވުނު މަހިބަދޫ ޒުވާނުންގެ ފުޓުބޯޅަ މުބާރާތުގެ ތަށި ޖިބިއްލީން ކާމިޔާބު ކުރީ އެކްސްޕްރެސް އާ ވާދަކޮށް 1-7 ގެ ނަތީޖާއަކުންނެވެ. 
އެއާއެކު ޖިބިއްލީން މުބާރާތުގެ ތަށި އުފުލާލާފައި ވާއިރު އެއީ ޖިބިއްލީން ޒުވާނުންގެ މުބާރާތުގެ ތަށި މިލްކު ކުރި ހަތަރުވަނަ ފަހަރެވެ.  
އެގޮތުން، އެޓީމުން ވަނީ މިއަހަރުގެ އިތުރުން މަހިބަދޫ ޒުވާނުންގެ މުބާރާތުގެ މިހާތަނަށް ބޭއްވުނު މުބާރާތްތަކުން، 2010, 2012، 2013، 2014, 2016, 2017, 2018, 2019, 2021, 2022، 2023 އަދި 2024 ވަނަ އަހަރު ބޭއްވުނު މުބާރާތުގައި ވެސް ޗެންޕިއަންކަން ކޮށްފައެވެ. މަހިބަދޫގެ ތާރީޚްގައިވެސް ޖިބިއްލީގެ މި ކާމިޔާބީއާއި ވާދަކުރެވޭ ވަރުގެ ޓީމެއް އަދި ނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ