ސީ ގިއާގެ އަހަރު ނިންމާ ސޭލް ބޮޑެތި ޑިސްކައުންޓުތަކާ އެކު ފަށައިފި

ބޮޑެތި ޑިސްކައުންޓުތަކާ އެކު ސީ ގިއާގެ އަހަރު ނިންމާ ސޭލް ފަށައިފި އެވެ.
ވީ ކިހިނެއް؟ - އަހަރު ނިމުމާ ދިމާކޮށް ސީ ގިއާ އިން ފެށި މި ސޭލްގައި ވޯޓާ ސްޕޯޓްސް ސާމާނުން ފެށިގެން ގޮސް ޑައިވިން އަދި ސްވިމިން އެޕެއަރެލްސް އިން ޑިސްކައުންޓު ލިބޭނެ އެވެ. 
ތަފްސީލް - ކުރިއަށް އޮތް ޗުއްޓީއާ ދިމާކޮށް މި ސާމާނު އާކޮށްލަން މިއީ ރަނގަޅު ފުރުސަތެކެވެ. މި ސޭލުގައި ސީ ގިއާ އިން ވިއްކާ ސާމާނުން %90އާ ހަމައަށް ޑިސްކައުންޓު ލިބޭނެ އެވެ.
ސީ ގިއާ އިން ވިއްކާ ސާމާނަކީ ކޮލެޓީ، ކަސްޓަމަރުންނަށް އިތުބާރު އޮންނާނެ އުފެއްދުންތަކެވެ. އަހަރު ނިންމާ ސޭލްގައި ޕްރޮފެޝަނަލުންނަށް އަދި މޫދާ ގުޅުން ހުރި ހަރަކާތްތައް ފަށައިގަންނަ ހުރިހާ އުމުރެއްގެ މީހުންނަށް ކަމުދާނެ ސާމާނު ލިބެން ހުންނާނެ އެވެ.
ސީ ގިއާގެ އަހަރު ނިންމާ ސޭލްގައި ޑިސްކައުންޓު ލިބޭ ސާމާނު އެ ފިހާރައިގެ ވެބްސައިޓުން ވެސް ބަލައިލެވޭނެ އެވެ. ޑިސްކައުންޓު ދޭ ސާމާނު ވެބްސައިޓުގައި އަޕްޑޭޓު ކުރަމުންދާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ