އެމެރިކާގެ އަސްކަރީ މަރުކަޒުތަކާ ދެކޮޅަށް އީރާނުގެ ރައްދު ހަމަލާ ދީފި

އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނަށް ހަމަލާދޭން ފެށުމާ އެކު އީރާނުން ރައްދު ހަމަލާތައް ފަށައިފި އެވެ. މެދުއިރުމަތި ހަލަބޮލިކަމެއްގެ ތެރެއަށް ވެއްޓުނީ، އިރާނުގެ ސަރުކާރާއި އަސްކަރިއްޔާގެ އިސް ވެރިންނާއި މަރުކަޒުތަކަށް އަމާޒުކޮށް އިޒްރޭލާއި އެެމެރިކާއިން ދިން ހަމަލާތަކާ ގުޅިގެންނެވެ. މި ހަމަލާތަކުގައި އިރާންގެ ޕްރެޒިޑެންޝަލް ކޮމްޕްލެކްސް އަދި އިންޓެލްޖިންސް ހެޑްކުއާޓާސްއަށް ވަނީ ބޮން އަޅާފަ އެވެ.އިރާނުން ރައްދުގައި ދިން ހަމަލާތަކުގައި އިޒްރޭލާއި މެދުއިރުމަތީގައި ގާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ޑްރޯނާއި މިސައިލް ހަމަލާތައް ވަނީ ފޮނުވާލާފަ އެވެ.އޭގެތެރޭގައި، ޤަތަރު، ބަޙްރެއިން، ކުވެއިތު، އުރުދުން، ޔޫއޭއީ ވެސް ހިމެނެއެވެ. ބަޙްރެއިނުން ބުނީ، އީރާނުން ފޮނުވައިލި ދެ މިސައިލެއް ވައްޓާލާފައިވާ ކަމަށެވެ.އީރާނުން ކުރިން ވެސް ވަނީ އެ ގައުމަށް ހަމަލާ ދީފި ނަމަ ސަރަހައްދީ ހަނގުރާމައަކަށް ވާނެ ކަމަށާއި އެމެރިކާގެ މަސްލަހަތު ހިމެނޭ ކޮންމެ ތަނަކަށް ހަމަލާ ދިނުމުގެ ހައްގު އޮންނާނެ ކަމަށް ބުނެފަ އެވެ. އެމެރިކާއާއި އިޒްރޭލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ދިގު ދެމިގެން ހިނގައިދާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ