އިރާންގެ ހަނގުރާމަ ގޯސްވެ ރާއްޖޭގެ އިގުތިސާދަށް އަތުވެދާނެ ލޮޅުންތަކުން ސަލާމަތްވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތު ހާމަނުކުރާތީ، ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވި ގޮތުގައި އިރާނަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ނުސީދާކޮށް އެންމެ ބޮޑު އަސަރެއް ކުރާނެ އެއް ގައުމަކީ ރާއްޖެ އެވެ. ނަމަވެސް މިހާތަނަށް ސަރުކާރުން މިކަމާ ގުޅޭ ގޮތުން ބަހެއް ބުނެފައި ނުވާތީ އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
"ދިވެހިރާއްޖޭގައި ސަރުކާރެއް އެބައޮތްތޯ؟ މިހާރު އިރާނަށް އެ ދޭ ހަމަލާތަކުގެ ނުސީދާ އަސަރު އެންމެ ފުރަތަމަ ކުރާނޭ އެއްގައުމަކީ ދިވެހިރާއްޖެ؟ މި ހަމަލާތަކުގެ ސަބަބުން ކުރިމަތިވެދާނެ ގޮންޖެހުންތައް ރައްޔިތުންނަށް ބުނެދީ، ދެން އަޅަންވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ކިޔައިދިނުމުގެ ޒިންމާ އޮތީ ސަރުކާރަށް. އެކަމުގައި ރައްޔިތުން ބަރޯސާ ވާނީ ސަރުކާރުގެ ބަހަށް،" އޭނާ ވިދާޅުވި އެވެ.
ނަމަވެސް ސަރުކާރު ހިމޭނުން އޮންނާތީވެ ފައްޔާޒު ގިނަ ސުވާލުތަކެއް ވަނީ ކުރިމަތިކޮށްފަ އެވެ. އެއީ،
ފައްޔާޒު ވިދާޅުވީ ހަނގުރާމަވެރި މިފަދަ ހާލަތްތަކުގައި ކުރިމަތިވެދާނެ ގޮންޖެހުންތައް ރައްޔިތުންނަށް ބުނެދީ، ދެން އަޅަންވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ކިޔައިދިނުމުގެ ޒިންމާ އޮތީ ސަރުކާރަށް ކަމަށާއި "މިއިން އެއްވެސް ސުވާލަކަށް ސަރުކާރުގެ ބަހެއް ނެތް،" ކަމަށެވެ.
ރާއްޖޭގައި އޮތީ ނާޒުކު އިގުތިސާދަކަށް ވުމުން، މިފަދަ ހާލަތެއްގައި ސަރުކާރު މިއަށްވުރެ ޒިންމާދާރުވާންޖެހޭ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
"ރާއްޖޭގެ ސަރުކާރުގައި ސިޔާސަތެއް، ޒިންމާދާރުކަމެއް އަދި ހޭލުންތެރިކަމެއް ވެސް ނެތް. މިއީ ދިވެހިންނަށާއި މުޅި ދިވެހިރާއްޖެއަށް ލިބޭ ނިކަމެތިކަމެއް،" އޭނާ ވިދާޅުވި އެވެ.
ރާއްޖެއާއެކު އޮތް ޑިޕްލޮޕެޓިކް ގުޅުން މޮރިޝަސްއިން ކަނޑާލި މައްސަލައަށް އިޝާރަތް ކުރައްވައި ފައްޔާޒު ވިދާޅުވީ އެކަން ވެސް ދިވެހިންނަށް އެނގުނީ ބައިނަލްއަގުވާމީ މީޑިއާއިން ކަމަށާއި އެކަމުގައި އަދިވެސް ދިވެހި ސަރުކާރުގެ ރަސްމީ ބަހެއް ނެތް ކަމަށެވެ.
"ދިވެހިރާއްޖެ މިހާރު ވެސް މިއޮތީ ހާރިޖީ ދާއިރާގައި އެކަހެރިވެފަ. ރާއްޖޭގެ ހާރިޖީ ސިޔާސަތު މިއޮތްގޮތުގެ ސަބަބުން އަދިވެސް ދާނީ އިތުރަށް ބާކީވަމުން،" ފައްޔާޒު ވިދާޅުވި އެވެ.
އިރާން ހަނގުރާމަ: މުއިއްޒު ސަރުކާރުގެ "ހިމޭން ކަމަށް" ފައްޔާޒުގެ ފާޑުކިޔުމެއް އިރާން ހަނގުރާމަ: މުއިއްޒު ސަރުކާރުގެ "ހިމޭން ކަމަށް" ފައްޔާޒުގެ ފާޑުކިޔުމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ