ރައްޔިތުންގެ މަޖިލީސް ހުޅުވާ ޖަލްސާ އަންނަ މަހުގެ5 ވަނަ ދުވަހު ބާއްވާތީ އެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް މުހައްމަދު މުއިއްޒު މިއަދު ކަނޑައަޅުއްވައިފި އެވެ.
ވީ ކިހިނެއް؟ - ރައީސް އޮފީހުން މިއަދު ބުނީ، އެ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވީ، ކޮންމެ އަހަރެއްގެ ވެސް ރައްޔިތުންގެ މަޖިލީހަށް ރައީސް ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި މީގެ ކުރިން ވެސް ހަމަޖައްސަވާފައިވާތީ ކަމަށެވެ.
ތަފްސީލް - ރައްޔިތުންގެ މަޖިލީހުން މީގެ ކުރިން ބުނީ، މިއަހަރަށް މަޖިލިސް ހުޅުވުމަށް ބާއްވާ ޖަލްސާ އޮންނާނީ އަންނަ މަހުގެ 5 ވަނަ ދުވަހުގެ ހެނދުނު 9 ޖަހާއިރު ކަމަށެވެ.
ފާހަގަކޮށްލެވޭ ކަމެއް - މަޖިލިސް ގަވައިދުގައިވާ ގޮތުން ކޮންމެ އަހަރެއްގައި ވެސް މަޖިލީހުން އެ އަހަރެއްގެ ފުރަތަމަ ދައުރު ފަށާނީ ފެބްރުއަރީގަ އެވެ. އަދި ކޮންމެ އަހަރެއްގެ ވެސް މަޖިލިސް ހުޅުވާ ޖަލްސާއެއްގައި އޭރަކު ހުންނަވާ ރައީސެއްގެ ރިޔާސީ ބަޔާން އިއްވަވާނެ އެވެ.
މިއީ ރައީސް މުހައްމަދު މުއިއްޒު ދެއްވާނެ ތިން ވަނަ އަދި 20 ވަނަ މަޖިލީހުގައި އިއްވަވާނެ ދެ ވަނަ ރިޔާސީ ބަޔާނެވެ.
ގާނޫނުއަސާސީގައިވާ ގޮތުން ރިޔާސީ ބަޔާނަކީ ގައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަން ޖެހޭ ކަމަށް ރައީސަށް ފެނިވަޑައިގަންނަވާ ކަންކަމުގެ މައްޗަށް އެކުލެވޭ ބަޔާނެކެވެ.
މަޖިލިސް ހުޅުވާތީ އަންނަ މަހުގެ 5 ވަނަ ދުވަސް ސަރުކާރު ބަންދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ