ސައުތު އޭޝިއަން ފުޓުބޯޅަ ފެޑެރޭޝަން (ސާފް)އިން އަލަށް ފެށި ސައުތު އޭޝިއަން ފުޓްސަލް ޗެމްޕިއަންޝިޕުގެ އަންހެން މުބާރާތުގައި އިންޑިއާއިން ރާއްޖެ ޓީމު ބަލިކޮށްފިއެވެ.
މި މެޗުގައި އިންޑިއާއިން ވަނީ ރާއްޖެ ކޮޅަށް 11 ލަނޑު ޖަހާފައެވެ.
މި މެޗަކީ ރާއްޖޭގެ އަންހެން ފުޓްސަލް ޓީމު ކުޅުނު ބައިނަލްއަޤުވާމީ ފުރަތަމަ މެޗެވެ. އަދި މިއީ މި މުބާރާތުގައި ވެސް ކުޅުނު ފުރަތަމަ މެޗެވެ.
އިންޑިއާ ޓީމަކީ ދުނިޔޭގެ ފުޓްސަލް ރޭންކިންގެ 86 ވަނައިގައި އޮތް ޓީމެވެ. ނަމަވެސް ރާއްޖޭގެ އަންހެން ފުޓްސަލް ޓީމު އަދި މިހާތަނަށް މި ލިސްޓުގައި ރޭންކުކުރެވިފައެއް ނުވެއެވެ.
މި މެޗުގައި މޮޅު ކުޅުމެއް ދައްކާ ރާއްޖެ ޓީމުގެ މަރްޔަމް ނޫރާ ވަނީ އިންޑިއާ ކޮޅަށް މޮޅު ލަނޑެއް ޖަހައިދިފައެވެ. ދެވަނަ ހާފުގައި ލިބުނު ކޯނަރަކުން އޭނާ ފޮނުވާލި މި ކޯނަރު ބޯޅަ ކީޕަރަށް ދިފާއުނުކުރެވުމުގެ ސަބަބުން ކާމިޔާބުވި މި ގޯލަކި ތާރީހީ ގޯލެެކެވެ.
ތައިލެންޑުގައި މި މަހުގެ 13-27 އަށް ކުރިއަށްދާ ސާފް ވިމެންސް ފުޓްސަލް ޗެމްޕިއަންޝިޕުގައި ޖުމްލަ ހަތް ޓީމެއް ވާދަކުރެއެވެ. އެއީ ރާއްޖޭގެ އިތުރުން އިންޑިއާ، ބަންގްލަދޭޝް، ބޫޓާން، ނޭޕާލް، ޕާކިސްތާން އަދި ސްރީލަންކާއެވެ.
މުބާާރާތުގައި ރާއްޖޭގެ އަންހެން ޓީމު ކުޅޭ ދެވަނަ މެޗުގައި ޖަނަވަރީ 15 ވަނަ ދުވަހު ބައްދަލުކުރާނީ ނޭޕާލާއެވެ.
ރާއްޖެ ކޮޅަށް 11 ލަނޑުޖަހާ ފުރަތަމަ މެޗުގައި އިންޑިއާއިން ރާއްޖެ ބަލިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ