ބަރަހަނާ މަންޒަރުތަކާހެދި ސޯޝަލްމީޑިއާ މަނާކުރަން އިނގިރޭސިވިލާތުން ބަލަނީ

އޮސްޓްރޭލިއާގައި އުމުރުން 16 އަހަރަށް ސޯޝަލްމީޑިއާ މަނާކުރުމުގެ ނަތީޖާ އަކީ ކޮބައިތޯ ބެލުމަށް އިނގިރޭސި ޓީމެއް އެ ގައުމަށް ދާން ނިންމައިފިއެވެ.
އިނގިރޭސި ސަރުކާރުން ބުނީ، އޭއައިގެ އެހީގައި ބަރަހަނާ މަންޒަރުތައް ހެދުމާއި، ހާއްސަކޮށް ކުޑަކުދިންގެ އެފަދަ މަންޒަރުތައް އުފައްދާ ބޭނުން ކުރަމުން ގެންދިޔުމަކީ އޭއައިގެ ދުނިޔޭގައި ދިމާވެފައި ވާ ބޮޑު ގޮންޖެހުމެއް ކަމަށެވެ. އެހެން ކަމުން، އޭއައި އިން އެފަދަ މަންޒަރުތައް އުފެއްދާ ޓޫލްތައް މަނާ ކުރުމުގެ އިތުރުން ފޯނުތަކާއި ޑިވައިސްތަކުން ކުޑަކުދިންގެ ބަހަރަނާ ފޮޓޯ ނެގުމާއި ބެލުމާއި އަދި ޝެއާ ނުކުރެވޭގޮތް ހެދުމުގެ މަސައްކަތް މިހާރުވެސް ފަށާފައި ވާ ކަމަށެވެ.
އޮސްޓްރޭލިއާގެ ތަޖުރިބާއިން ފިލާވަޅު ލިބިގަތުމަށް އެގައުމަށް ދިޔުމަށް ތައްޔާރުވަމުން ދާކަން ހާމަ ކުރައްވައި ޓެކްބޮލޮޖީއާ ބެހޭ ވަޒީރު ލިޒް ކެންޑަލް ވިދާޅުވީ، ޓެކްނޮލޮޖީ އަކީ ކުދިންގެ އާންމު ދިރިއުޅުމުގެ ހާލަތު ރަނގަޅުކޮށްދޭ އެއްޗެއްކަން ޔަގީން ކުރަން ޖެހޭ ކަމަށާއި އެއީ އެކުދިންގެ މުސްތަގުބަލް ހަލާކުކޮށްލައި އެއްޗަކަށް ވެގެން ނުވާނެ ކަމަށެވެ.
އިތުރަށް ބުނީ، އިނގިރޭސިވިލާތުގައި ސޯޝަލްމީޑިއާ މަނާކުރުމުގައި ދުނިޔޭގެ ތަޖުރިބާ ހޯދާނެ ކަމަށާއި، ވަކި އުމުރުފުރައަކަށް މަނާވެގެން ދާއިރު މިހާރު އިއުތިރާޒު އޮންނަ އުމުރުފުރައެއްގެ ގޮތުގައި، ޑިޖިޓަލް ޕްލެޓްފޯމްތަކުން ކަނޑައަޅާފައި އޮންނަ 13 އަހަރު އެއީ މާ ހަގުއުމުރެއްތޯވެސް ބަލާނެ ކަމަށެވެ.
އިނގިރޭސި ސަރުކާރުން މިވާހަކަތައް ދައްކާފައި މިވަނީ، އެގައުމުގެ އިދިކޮޅު ޕާޓީން މި މައުޟޫގައި ވާހަކަ ދައްކާ، އިދިކޮޅު ޕާޓީއަށް ވެރިކަމަށް އާދެވިއްޖެ ނަމަ އުމުރުން 16 އަހަރުން ދަށަށް ސޯޝަލްމީޑިއާ މަނާކުރާނެކަން އިއުލާކޮށް ކޮށްފައި ވަނިކޮށެވެ.
އޮސްޓްރޭލިއާގައި ސޯޝަލްމީޑިއާ މަނާކޮށް ގިނަ އެޕްތަކަކަށް ކުޑަކުދިންނަށް ނުވަދެވޭގޮތް ވަނީ ހަދާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ