ތިބާގެ އަގުވަޒަންނުކުރާ މީހުންގެ ފަހަތުން ދުވުން ހުއްޓާލާ! އެކަމުން ކުރާނެ ފައިދާއެއް ނެތް!: މުފްތީ މެންކް

ދިރިއުޅުމުގެ ހުރިހާ މަރުޙަލާތަކެއްގައިވެސް ގިނަ ބައަކަށް އެންމެ ބޮޑަށް ދެރަލިބި އަދި ހިތާމަކުރަންޖެހެނީވެސް ތިމާގެ އަގުވަޒަންނުކުރާ މީހުންގެ ފަހަތުން ދުވެވޭތީއެވެ. ތިމާގެ އަގު ވަޒަންނުކުރާ މީހުންނާއިއެކު އުޅެން ބޭނުންވާތީއެވެ.  
ބުނަންހެއްޔެވެ؟ އެއްވެސް މީހެއްގެ ފަހަތުން ދުވަން ޖެހޭނަމަ އެކަމުން އެއަންގައިދެނީ އެމީހާއަށް ތިބާ މުހިންމު ނޫންކަމެވެ. އެމީހާ ތިބާގެ އަގުވަޒަންކުރާނަމަ އެމިހާގެ ފަހަތުން ދުވަން ތިބާއަކަށް ނުޖައްސުވާނެއެވެ. ތިބާގެ ފަހަތުން އެމީހަކު ދުވާނެތެވެ. 
ދެންމިދިމާވާ ގޮތަކީ ތިމާއަށް ސަމާލުކަން ނުދޭ، ތިމާގެ އަގުވަޒަންނުކުރާ މީހަކު ދެކެ ލޯބިވެވެނީއެވެ. ލޯބިވެގެން އެމީހެއްގެ ފަހަތުން ދުވެވެނީއެވެ. މިގޮތަށް ފަހަތުން ދުވެގެން ފަހަރެއްގައި ކައިވެނިވެސް ކުރެވިދާނެއެވެ. ނަމަވެސް އެފަދަ ކައިވެންޏަކުން ލިބޭނެ ޙަޤީޤީ އުފާވެރިކަމެއް ނުއޮންނާނެއެވެ.  
ވީމާ އުފާވެރި ދިރިއުޅުމެއް ލިބެން އެދޭމީހާ ތިމާގެ އަގުވަޒަންނުކުރާ މީހުންގެ ފަހަތުން ނުދުވާށެވެ! ތިމާގެ އަގުވަޒަންކުރާ މީހަކާއިއެކުގައި ދިރިއުޅެން މަސައްކަތްކުރާށެވެ!  
 
- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ