ހަނިމާދޫ އެއާޕޯޓް އިންޑިއާ ބަޔަކަށް ދޭން އުޅޭ ވާހަކަ ދޮގުކޮށްފި

އުތުރުގެ މައި އެއާޕޯޓް -- ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ ހިންގުން އިންޑިއާ ބަޔަކަށް ދޭން އުޅޭ ވާހަކަ ދޮގުކޮށްފި އެވެ.
އިންޑިއާގެ ލޯނު އެހީގައި ޒަމާނީ ފެންވަރަށް ތަރައްގީކޮށް ދާދި ފަހުން ހުޅުވި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ ހިންގުން އިންޑިއާ ބަޔަކާއި ހަވާލު ކުރަން މަސައްކަތް ކުރަމުންދާ ކަމަށް އެ ގައުމުގެ ބައެއް ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
ނަމަވެސް ޓްރާސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވަނީ އެ ވާހަކަތައް ދޮގު ކުރައްވާފަ އެވެ. މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ހުރިހާ އެއާޕޯޓެއް ހިންގާނީ ދިވެހި އޮޕަރޭޓަރުން ކަމަށެވެ. އެއީ ދިވެހި ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދަ އޮތް ދިވެހި އޮޕަރޭޓަރުންކަން ފާހަގަ ކުރެއްވި އެވެ.
އަދި ކުރިއަށް އޮތްތާވެސް ބޭރުގެ ބަޔަކަށް އެއްވެސް އެއާޕޯޓެއް ހިންގުމަށް ދޫކޮށްލުމުގެ ވިސްނުމެއް ނެތް ކަމަށް ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ދިވެހި ހުރިހާ އެއާޕޯޓްތައް ވެސް ދިވެހީންގެ އަތް މަތީ ބޭއްވުން ކަމަށެވެ.
އިންޑިއާގެ ބައެއް ނޫސްތަކުން ބުނާ ގޮތުން އިންޓަނޭޝަނަލް އެއާޕޯޓްގެ ހިންގުން އިންޑިއާ ބަޔަކާއި ހަވާލުކުރަން އިސްވެ ހުށައެޅީވެސް މި ސަރުކާރުންނެވެ. 
ހަނިމާދޫ އެއާޕޯޓް މިހާރު އޮތް ފެންވަރުގައި ހިންގުމަށް ބޮޑު ހަރަދެއް ކުރަން ޖެހޭނެ އެވެ. އެކަމަށް މިވަގުތު އޮތް ހުރަހަކީ އުތުރުގައި ޓޫރިޒަމް ފުޅާވެފައި ނެތުމެވެ. އެ މަސައްކަތް ސަރުކާރުން މިހާރު ދަނީ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ